Ads by Farudhun

ޚަބަރު

ހަކުރުބަލިން ރައްކާތެރިވުމަށް ހުކުރުދުވަހު ޚާއްސަ ސްކްރީނިންގ ޕްރޮގްރާމެއް

ހަކުރުބަލިން ރައްކާތެރިވުމަށް ހުކުރުދުވަހު ޚާއްސަ ސްކްރީނިންގ ޕްރޮގްރާމެއް

ހަކުރުބަލި ސްކްރީނިންގ ޕްރޮގްރާމެއް ފޮޓޯ: ޑައިބެޓީސް އެސޯސިއޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖުލައި 2026، 10:16

09 ޖުލައި 2026، 10:16

ހަކުރުބަލީގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށާއި، ބަލި ހުރިތޯ އަވަހަށް ދެނެގަތުމަށް ބާރުއެޅުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނޭޝަނަލް ޑައިބެޓީސް ސެންޓަރުން ޚާއްސަ ސްކްރީނިންގ ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 ޖުލައި 2026 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލޭ ސޯޝަލް ސެންޓަރުގައެވެ. މިއީ ރާއްޖޭގައި ހަކުރުބަލި އިތުރުވަމުންދާ މިންވަރު ކޮންޓްރޯލް ކުރުމަށާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މި ސްކްރީނިންގ ކޭމްޕުގައި އާންމުންނަށް ގިނަ ޚިދުމަތްތަކެއް ހިލޭ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހިމެނޭ މުހިންމު ޚިދުމަތްތަކަކީ:

  • އިސްކޮޅާއި، ބަރުދަން އަދި ބީއެމްއައި ބަލައި ދެނެގަތުން.
  • ލޭގެ ޕްރެސަރު ބެލުމާއި، ލޭގައި ހަކުރު ހުރި މިންވަރު ޓެސްޓުކުރުން.
  • ދުުޅަހެޔޮ ކާނާއާ ބެހޭގޮތުން މައުލޫމާތު ދިނުން.
  • ހަކުރުބައްޔާ ގުޅޭގޮތުން ކަމާބެހޭ ޑޮކްޓަރުންގެ ލަފަޔާއި އިރުސާދު ހޯދުމުގެ ފުރުސަތު.

އައިޖީއެމްއެޗްއިން ވިދާޅުވި ގޮތުގައި، މި ހަރަކާތަށް ޒިޔާރަތްކުރާ ކުޑަކުދިންނަށް ޚާއްޞަކޮށްގެން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކެއްވެސް އެ ސަރަހައްދުގައި ކުރިއަށްދާނެއެވެ. މިއީ މުޅި އާއިލާއަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.

ޞިއްޙީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ހަކުރުބަލީގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ބަލި ހުރިތޯ އަވަހަށް ދެނެގަތުމަކީ ބަލީގެ ނުރައްކާތަކުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ. ރާއްޖޭގައި ގައިންގައިން ނާރާ ބަލިތަކުގެ ތެރެއިން ހަކުރު ބައްޔަކީ މިހާރު އެންމެ އާންމު އެއް ބައްޔަށް ވާއިރު، މިފަދަ ސްކްރީނިންގ ތަކުގެ ސަބަބުން ބަލިން ރައްކާތެރިވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450