Ads by Farudhun

ޚަބަރު

ޅ. ކުރެންދޫގައި އިމާރާތްކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

ޅ. ކުރެންދޫގައި އިމާރާތްކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އާރްޑީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

09 ޖުލައި 2026، 12:49

09 ޖުލައި 2026، 12:49

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ޅ. ކުރެންދޫގައި އިމާރާތްކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ހަލަހުވި ދުވެލީގައި ކުރިއަށްދާކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.

މިދިޔަ މަހުގެ ތެރޭގައި އެ ސައިޓުގައި،  ސެންޓަރުގެ އޮފީސް އިމާރާތުގެ ފައުންޑޭޝަން އެޅުމަށްޓަކައި ބިން ކޮނުމުގެ މަސައްކަތް އެ ކުންފުނިން ކޮށްފައިވާއިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ މިވަގުތު އެ ތަނުގައި ކުރިއަށްދަނީ ރޫފް ބީމް ޝަޓަރިންގްގެ މަސައްކަތްތައް ކަމަށެވެ.  



މި މަރުކަރުގެ ބިނާކުރުމުގެ މަސައްކަތް ނިމުމުން، އެ ރަށުގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތާލެވިގެން ދާނެއެވެ. އަދި މި މަޝްރޫއުގެ ސަބަބުން އެ ރަށުގައި ކުނީގެ ކަންކަން މެނޭޖުކުރުމަށް ފަސޭހަވެގެންދާނެއެވެ. 

ރާއްޖޭގައި ކުނީގެ މައްސަލަ ހައްލުކުރުމަށް ޓަކައި ސަރުކާރުންގެންދަވަނީ އެތައް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުންވަނީ 75 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުނި ކަމުގައިވާ، އެމް.ޓީ.ސީ.ސީ، އާރު.ޑީ.ސީ އަދި ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.

ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމްތައް މުޅިރާއްޖޭގައި ޤާއިމްކުރުމަކީ ރައީސް ޑރ މުޢިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވައިގެން ވަރަށް ގާތުން ބައްލަވަމުން ގެންދާ މަސައްކަތެއް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ކުރިން ވަނީ ބުނެފައެވެ. ހަމައެއާއެކު ރާއްޖޭގައި ކުނި މެނޭޖް ކުރުމަށް ދިމާވާ ގޮންޖެހުން ނައްތާލުމަށް އަދުގެ ސަރުކާރުން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައްވެސް ދަނީ ގެންނަމުންނެވެ. 

ކުނި މެނޭޖް ކުރުމަކީ މީގެ ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާ މައްސަލަތައް ކަމަށްވާހިނދު ރާއްޖޭގައި ކުނި މެނޭޖް ކުރުމަކީ ހުރިހާ ރަށަކަށް ދިމާވާ ވަރަށް ބޮޑު މައްސަލައަކަށް ވަނީ ވެފައެވެ. 

އަދުގެ ސަރުކާރުން މުޅި ރާއްޖެއަށް ކުނި މެނޭޖް ކުރުމަށް ހައްލުހޯދުމަށް ދަނީ ޕްލޭންތައް އެކުލަވާލާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ ވަސީލަތްތަށް ގާއިމުކޮށް، އެކަމަށް ބޭނުންވާ ފަންނީ ބޭފުޅުން އުފެއްދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450