Ads by Farudhun

ޚަބަރު

ރާއްޖޭގެ ހިސާބު ޢިލްމުގެ ތާރީޚާއި ސަޤާފީ ގުޅުން ހާމަކޮށްދޭ ޚާއްސަ ފޮތް މެޑަމް ސާޖިދާ ނެރެދެއްވައިފި

ރާއްޖޭގެ ހިސާބު ޢިލްމުގެ ތާރީޚާއި ސަޤާފީ ގުޅުން ހާމަކޮށްދޭ ޚާއްސަ ފޮތް މެޑަމް ސާޖިދާ ނެރެދެއްވައިފި

ރާއްޖޭގެ ހިސާބު ޢިލްމުގެ ތާރީޚާއި ސަޤާފީ ގުޅުން ހާމަކޮށްދޭ ޚާއްސަ ފޮތް މެޑަމް ނެރެދެއްވުން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖުލައި 2026، 12:58

09 ޖުލައި 2026، 12:58

ދިވެހިރާއްޖޭގައި ހިސާބު ޢިލްމު ފުޅާވެ ކުރިއަރައިގެންދިޔަ ގޮތާއި، ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަތަކާ އެ ޢިލްމާ ހުރި ގުޅުންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް" ފޮތް ރަސްމީކޮށް ނެރެދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ފޮތަކީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އިލްމީ ދިރާސާތަކެއްގެ މައްޗަށް ލިޔުއްވާފައިވާ ފޮތެކެވެ.

"މެތަމެޓިކަލް ތިންކިން އިން ދަ މޯލްޑިވްސް - އެތުނޯމެތަމެޓިކްސް، ކަލްޗުރަލް ހެރިޓޭޗް އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން" ގެ ނަމުގައި ނެރުނު މި ފޮތަކީ، ހިސާބު ޢިލްމާއި، ދިވެހި ސަގާފަތާއި އަދި ތަޢުލީމީ ދާއިރާގެ ގުޅުންތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ނެރުނު ފުރަތަމަ ޢިލްމީ މަސައްކަތެވެ.

މި ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝެހެނާޒް ވިދާޅުވީ، ފޮތަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް، ތާރީޚީ ޢިލްމުވެރިންނާއި ބަހުގެ ތަޖުރިބާކާރުންނާ އިންޓަވިއުކޮށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ. އަދި ދިވެހިންގެ މަސްވެރިކަމާއި، ނިޔަމިކަމާއި، ވަޑާންކަމުގެ އިތުރުން ކަސަބު ފަދަ އަތްތެރި މަސައްކަތްތަކުގައި ހިސާބު ޢިލްމު ބޭނުންކުރަމުން އައިސްފައިވާ ގޮތް މި ފޮތުން ހާމަވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ޝެހެނާޒް އިތުރަށް ވިދާޅުވީ، އާންމު ދިރިއުޅުމާއި ހިސާބުގެ ޢިލްމު ގުޅުވާލުމަކީ އެ ދާއިރާއިން އުނގެނުމަށް ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށެވެ.

ދަސްކުރުމުގެ ޝައުގުވެރިކަން ބޮޑަށް އުފެދެނީ އެނގެންހުރި ކަންކަމުން އުނގަންނައިދިނުން ފެށުމުން. މި ދިރާސާތައް ފުރިހަމަކުރިތާ ދުވަސްވީނަމަވެސް މި މައުލޫމާތުތައް ފޮތަކަށްވުމަކީ އަޅުގަނޑު ކުރި އުއްމީދެއް،

      ޑރ. ޝެހެނާޒް

މި ފޮތުގައި "އެތުނޯމެތަމެޓިކްސް" ނުވަތަ ތަފާތު ސަގާފަތްތަކާ ހިސާބު ގުޅޭ ގޮތުގެ މައްޗަށް ބަލާލާފައިވާއިރު، ކަނޑުދަތުރުފަތުރުގެ މިސްރާބު ހޯދުމާއި، ކަންކަން ރާވާ ހިންގުމުގައި ދިވެހިން ގެންގުޅުނު ހިސާބުގެ ހަމަތަކަށް ވަނީ އަލިއަޅުވާލާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450