Ads by Farudhun

ޚަބަރު

ފުވައްމުލަކު ޕޮލިސް އެކޮމަޑޭޝަން ބްލޮކްގެ މަސައްކަތް ބާރުމިނުގައި ކުރިއަށް

ފުވައްމުލަކު ޕޮލިސް އެކޮމަޑޭޝަން ބްލޮކްގެ މަސައްކަތް ބާރުމިނުގައި ކުރިއަށް

ފުވައްމުލަކު ޕޮލިސް އެކޮމަޑޭޝަން ބްލޮކުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖުލައި 2026، 03:40

09 ޖުލައި 2026، 03:40

ޏ. ފުވައްމުލަކުގައި އިމާރާތްކުރާ ޕޮލިސް އެކޮމަޑޭޝަން ބްލޮކްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބާރުމިނުގައި ކުރިއަށް އެބަގެންދެއެވެ.

 މި މަޝްރޫޢަކީ ރަށުގެ އަމާންކަން ބެލެހެއްޓުމާއި، ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، އިމާރާތުގެ ފައުންޑޭޝަން ބީމް ކޮންކްރީޓް މަސައްކަތްތައް މިހާރު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ އިމާރާތުގެ އޮނިގަނޑު ވަރުގަދަކުރުމުގެ މަރުހަލާގެ މަސައްކަތްތަކެވެ.

މިގޮތުން، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ގްރައުންޑް ފްލޯގެ ތަނބުތަކުގެ ދަގަނޑު އެޅުމާއި (reinforcement) އަދި ތަނބުތަކުގެ ފިލާޖެހުމުގެ (shuttering) މަސައްކަތްތައް ހިމެނެއެވެ. މި މަސައްކަތްތައް ނިމުމާއެކު އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތްތަކަށް ތައްޔާރުވެވޭނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ފުލުހުންގެ އުމްރާނީ ވަސީލަތްތައް ފުޅާކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުމެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ ފޮޓޯތަކާއި މަޢުލޫމާތު އެމްޓީސީސީގެ ޕްރޮޖެކްޓް ޕޯޓަލް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450