Ads by Farudhun

ޚަބަރު

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ

ރައީސް އޮފީސް. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

09 ޖުލައި 2026، 04:18

09 ޖުލައި 2026، 04:18

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި ޖުލައި 12 ވާ އާދިއްތަ ދުވަހު ހުޅުއްވައިލާ ގޮތަށް  ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

މި އިނާމަށް އެދި ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށް ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މި އަހަރު ވެސް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުން ކަމަށް ރައީސް އޮފީހުން މިކަމާ ގުޅިގެން އާންމުކުރި މަޢުލޫމާތުގައި ހާމަކޮށްފައި ވެއެވެ.


އިނާމަށް ނަން ހުށައަޅާއިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރައްވައި ހުށަހެޅުއްވުމަށް  ޚާއްޞަ އިނާމާބެހޭ ކޮމިޓީންވަނީ އެދިވަޑައިގަނެފައެވެ. އެގޮތުން، އެލިޔުންތަކުގެ ދެފުށުގައި ލިޔެފައިވާނަމަ، ދެފުށުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވުމަށް ކޮމިޓީން އެދެއެވެ.

މި ކަމަށް އެދި ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ، މި އަހަރުގެ އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450