ޚަބަރު
އަޑިއަށް ދަނިކޮށް "ޖަޒީރާ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި
ޖަޒީރާ ބޯޓު އަޑިއަށް ދަނީ---
މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ "ޖަޒީރާ" ނަމަކަށް ކިޔާ ބޯޓެއް ވ. ފެލިދޫ ހުޅަނގު ކަނޑަށް އަޑިއަށްދަނިކޮށް، އެ ބޯޓުގައި ތިބި ފަޅުވެރިން ސަލާމަތްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދުގެ ހަވީރު 15:26 ހާއިރުއެވެ. ބޯޓު އަޑިއަށްދާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ، ބޯޓު އަޑިއަށްދަނިކޮށް އޭގައި ތިބި ފަޅުވެރިން ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން ދަތުރުކުރި "ވިލާ ދުވެލި" ނަމަކަށް ކިޔާ ލޯންޗަކުން ކަމަށެވެ. އަދި މިހާރު އެ ހުރިހާ ފަޅުވެރިންވެސް ތިބީ އެ ލޯންޗުގެ ބެލުމުގެ ދަށުގައި ރައްކާތެރިކަމާއެކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.