Ads by Farudhun

ޚަބަރު

"ޖަޒީރާ" ބޯޓުގެ ބައެއް ތަކެތި އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

"ޖަޒީރާ" ބޯޓުގެ ބައެއް ތަކެތި އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ޖަޒީރާ ބޯޓު އަޑިއަށް ދިޔަ ސަރަޙައްދު / އެމްއެންޑީއެފް

farudhun logo

ފަރުދުން

09 ޖުލައި 2026، 05:47

09 ޖުލައި 2026، 05:47

ވ. ފެލިދޫ ކައިރިން ދަތުރުކުރި "ޖަޒީރާ" ބޯޓު އަޑިއަށް ގޮސް، އޭގެ ބައެއް ތަކެތި ކަނޑުމަތީގައި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

ކޯސްޓްގާޑުން ބުނި ގޮތުގައި، މި ބޯޓުގެ ބައެއް ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ވ. ފެލިދޫގެ ގާތްގަނޑަކަށް 5 ނޯޓިކަލް މޭލު ހުޅަނގުންނެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ވަކިން ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އިތުރަށް ރައްކާތެރިވުމަށް ކޯސްޓްގާޑުން ވަނީ އިރުޝާދު ދީފައެވެ.



މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 15:26 ހާއިރުއެވެ. ބޯޓު އަޑިއަށް ދާން މެދުވެރިވި ސީދާ ސަބަބެއް މިހާތަނަށް އަދި ސާފެއް ނުވެއެވެ.

ނަމަވެސް، ބޯޓު އަޑިއަށް ދަނިކޮށް އޭގައި ތިބި ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ. މި މީހުން ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން ދަތުރުކުރި "ވިލާ ދުވެލި" ނަމަކަށް ކިޔާ ލޯންޗަކުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450