Ads by Farudhun

ޚަބަރު

ހަނިމާދޫގައި ހުއްޓިފައި އޮތް މިސްކިތުގެ މަސައްކަތް ކުރިއަށް: މިހާރު ކުރަނީ ތިރީބުރި ރޭނުމުގެ މަސައްކަތް

ހަނިމާދޫގައި ހުއްޓިފައި އޮތް މިސްކިތުގެ މަސައްކަތް ކުރިއަށް: މިހާރު ކުރަނީ ތިރީބުރި ރޭނުމުގެ މަސައްކަތް

ހަނިމާދޫ މިސްކިތުގެ މަސައްކަތް ކުރިޔަށް ދަނީ / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

09 ޖުލައި 2026، 10:46

09 ޖުލައި 2026، 10:46

ހދ. ހަނިމާދޫގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް ހުއްޓިފައި އޮއްވައި، އެ އައު މިސްކިތުގެ މަސައްކަތް އަލުން ފަށައި، ތިރީބުރި ރޭނުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އަލުން މަސައްކަތް ފެށި މި މިސްކިތުގެ މަޝްރޫއަކީ، ކުރިން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެމްޓީސީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ހަނިމާދޫގައި ނުނިމި ހުރި މިސްކިތުގެ ހުރިހާ މަސައްކަތްތަކެއް އެ ކުންފުނިން ނިންމަންޖެހެއެވެ.

ޖުމްލަ 500 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކުރަނީ 7,933 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއްގައެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 9.44 މިލިއަން ރުފިޔާއަށް، 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ހަނިމާދޫއަކީ 2,645 މީހުންގެ ބޮޑު އާބާދީއެއް އޮތް ރަށަކަށް ވެފައި، އެ ރަށަކީ ބައިނަލްއަގުވާމީ އެއަރޕޯޓެއް އޮންނަ ރަށަކަށް ވުމުން، ގިނަ އަދަދެއްގެ ބަޔަކު އަބަދުވެސް އެ ރަށަށް ޒިޔާރަތްކުރެއެވެ. އެހެންކަމުން، މި މިސްކިތް ނިމުމުން ރަށުގެ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ނަމާދުކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ވޭތުވެދިޔަ 44 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެތައް މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމާފައިވާ އެމްޓީސީސީން އަންނަނީ މި މިސްކިތުގެ މަސައްކަތްވެސް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450