ކުޅިވަރު

ވޯލްޑް ކަޕް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސުން ކަށަވަރުކޮށްފި

ވޯލްޑް ކަޕް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސުން ކަށަވަރުކޮށްފި

ގޯލް ޖެހުމަށްފަހު އެމްބެއްޕާ އުފާފާޅުކުރަނީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 ޖުލައި 2026، 03:27

10 ޖުލައި 2026، 03:27

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ފްރާންސުން ހޯދައިފިއެވެ. އެމެރިކާގެ ބޮސްޓަންގައި ކުޅުނު ކުއާޓަރ ފައިނަލް މެޗުގައި ފްރާންސް މޮޅުވީ މޮރޮކޯއާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގައި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ނުކުރެވުމުން، ފްރާންސަށް ކުރިހޯދަން ލިބުނު ފުރުސަތު ގެއްލުނެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އެމްބާޕޭ އާއި އޮސްމާނޭ ޑެމްބެލޭ ޖަހައިދިން ދެ ލަނޑާއެކު ފްރާންސުން މެޗުގެ ކޮންޓްރޯލް ހޯދިއެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލަށް ޔޫރަޕްގެ 6 ޓީމު ދަތުރުކޮށްފައިވާއިރު، މޮރޮކޯއަކީ މި މަރުހަލާގައި ބާކީ އޮތް އެފްރިކާގެ ހަމައެކަނި ޓީމެވެ. މި މުބާރާތުގެ ނޮކްއައުޓް ބުރަށް އެފްރިކާގެ ރެކޯޑް އަދަދެއް ކަމަށްވާ 9 ޓީމު ދަތުރުކުރި ނަމަވެސް، މުބާރާތުގައި އެންމެ ދުރަށް ދަތުރުކުރީ މޮރޮކޯއެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ އެފްރިކާ ޓީމުގެ ޝަރަފް ހޯދި މޮރޮކޯ، މިފަހަރު މުބާރާތާ ވަކިވާން ޖެހުނީ އެއަށްވުރެ އެއް ބުރު ކުރިންނެވެ.

މޮރޮކޯގެ ފަރާތުން ހަމަލާތައް އުފެއްދުމުގައި މި މެޗުގައި ބަލިކަށިކަމެއް ފެނިގެންދިޔައިރު، އެ ޓީމުގެ މުހިންމު ފޯވާޑް ސައިބާރީ ނެތުމުގެ އުނިކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. މެޗުގެ 78 ވަނަ މިނެޓުގައި ފްރާންސްގެ އެމްބާޕޭގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.

އަނެއްކޮޅުން މިއީ ފްރާންސް ޖެހިޖެހިގެން ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ.

ރަން ބޫޓުގެ ވާދަވެރިކަން (މިހާތަނަށް)

ކީލިއަން އެމްބާޕޭ (ފްރާންސް): 8 ލަނޑު، 3 އެސިސްޓް
ލިއޮނަލް މެސީ (އާޖެންޓީނާ): 8 ލަނޑު، 1 އެސިސްޓް
އާލިންގ ހާލަންޑް (ނޯވޭ): 7 ލަނޑު
ހެރީ ކޭން (އިންގްލެންޑް): 6 ލަނޑު، 1 އެސިސްޓް
އޮސްމާނޭ ޑެމްބެލޭ (ފްރާންސް): 5 ލަނޑު، 2 އެސިސްޓް

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450