Ads by Farudhun

ޚަބަރު

އުޒްބެކިސްތާނުގެ އިސްލާމީ ސިވިލައިޒޭޝަން ފޯރަމަކީ ގޮންޖެހުންތަކާ ދެކޮޅަށް އެޅުނު މުހިންމު ފިޔަވަޅެއް: ޑރ. ޝަހީމް

އުޒްބެކިސްތާނުގެ އިސްލާމީ ސިވިލައިޒޭޝަން ފޯރަމަކީ ގޮންޖެހުންތަކާ ދެކޮޅަށް އެޅުނު މުހިންމު ފިޔަވަޅެއް: ޑރ. ޝަހީމް

އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޖުލައި 2026، 07:16

10 ޖުލައި 2026، 07:16

އުޒްބެކިސްތާނުން އިސްލާމީ އުންމަތަށް ދައްކުވައިދެނީ އައު ނަމޫނާއެއް ކަމަށާއި، އެ ޤައުމުގައި ބޭއްވި އިސްލާމީ ސިވިލައިޒޭޝަންއާ ބެހޭ ބައިނަލްއަޤްވާމީ ފުރަތަމަ ފޯރަމަކީ މިއަދުގެ ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު މަޝްވަރާކުރުމަށް ހުޅުވުނު މުހިންމު ފުރުސަތެއް ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އުޒްބެކިސްތާނުގެ މީޑިއާއަކަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި ވަޒީރު ވަނީ އިސްލާމީ ސިވިލައިޒޭޝަން އާލާކުރުމަށާއި، މުއްސަނދި ތާރީޚީ ތަރިކަ ހިމާޔަތްކުރުމަށް އުޒްބެކިސްތާނުން އަޅަމުންދާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، މި ފޯރަމަކީ މިއަދުގެ ދުނިޔެއަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކާ މެދު އިލްމުވެރިންނާއި ފިކުރުވެރިން އެއްތަންވެ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމަށެވެ. އަދި އުޒްބެކިސްތާނަކީ ޢިލްމާއި، ޙިކުމަތާއި، ފިކުރީ ގޮތުން ނުހަނު މުއްސަނދި ތާރީޚެއް އޮތް ބިމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި އުޒްބެކިސްތާނުގެ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދެ ޤައުމަކީވެސް އިސްލާމީ އުންމަތުގެ ބައިވެރިން ކަމަށާއި، ދެ ޤައުމަކީވެސް އޯއައިސީގެ މެންބަރު ޤައުމުތައް ކަމަށެވެ. މީގެއިތުރުން، އުޒްބެކިސްތާނުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރާކަން ފާހަގަކުރައްވައި، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަތުރުވެރިންނަށް މަރުޙަބާ ކިއުމަކީ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ވިދާޅުވިއެވެ.

އުޒްބެކިސްތާނުގެ ޤުދުރަތީ ރީތިކަމާއި ތާރީޚީ މުއްސަނދިކަމަށް އަލިއަޅުއްވާލައްވަމުން، އެ ޤައުމުގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450