ދުނިޔެ

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ހަށިކޮޅު ފަސްދާނުލައިފި

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ހަށިކޮޅު ފަސްދާނުލައިފި

އީރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ސަންދޯއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޖުލައި 2026، 07:42

10 ޖުލައި 2026، 07:42

އީރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ، އެމެރިކާއާއި އިސްރާއީލުގެ ލާއިންސާނީ ހަމަލާއެއްގައި ޝަހީދުކޮށްލިތާ 132 ދުވަސް ފަހުން، އެމަނިކުފާނުގެ ހަށިކޮޅު އީރާނުގެ މަޝްހަދުގައި ފަސްދާނުލައިފިއެވެ.

އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ޚާމަނާއީގެ ހަށިކޮޅު މަޝްހަދަށް ގެނެވުނުއިރު، އެމަނިކުފާނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށްޓަކައި އީރާނުގެ އެކި ކަންކޮޅުތަކުންނާއި ދުނިޔޭގެ އެކި ގައުމުތަކުން މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. އެމަނިކުފާނު ފަސްދާނުލެވިފައިވަނީ މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގެ ތެރޭގައިވާ "ދާރުލް ޛިކުރު ރަވާގު" ގައެވެ.

މި ވަދާއީ ރަސްމިއްޔާތުގައި އީރާނު ސަރުކާރުގެ އެންމެ އިސްވެރިންނާއި ސިޔާސީ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް، ޝަރުއީ ދާއިރާގެ ވެރިޔާ ޣުލާމް ޙުސައިން މުޙްސިނީ، ކުރީގެ ނައިބު ރައީސް މުޙައްމަދު މުޚްބަރުގެ އިތުރުން މަޝްހަދުގެ ޚަޠީބު އާޔަތުﷲ ސައްޔިދު އަޙްމަދު އާލަމުލްހުދާ ހިމެނިވަޑައިގަންނަވައެވެ. ޝަހީދުވި ލީޑަރުގެ މައްޗަށް ކުރެވުނު ކަށުނަމާދު އިމާމްވެ ކުރެއްވީ އެމަނިކުފާނުގެ ދަރިކަލުން އާޔަތުﷲ ސައްޔިދު މުޞްޠަފާ ޚާމަނާއީއެވެ.

ޚާމަނާއީގެ ހަށިކޮޅު މަޝްހަދަށް ގެންދިއުމުގެ ކުރިން، އިރާގުގެ ނަޖަފާއި ކަރުބަލާގައި ވެސް ކަރާމާތްތެރި ވަދާއީ ހަރަކާތްތަކެއް ބޭއްވުނެވެ. ނަޖަފުގައި ހުންނަ އިމާމް އަލީގެ މަގުބަރާ ސަރަހައްދަށް އެކަނިވެސް 3.8 މިލިއަން މީހުން އެއްވެ، އިސްރާއީލާއި އެމެރިކާގެ އުދުވާނަށް ނަފުރަތު ފާޅުކޮށް ޚާމަނާއީއަށް އިހުތިރާމް އަދާކޮށްފައިވެއެވެ. މީގެ އިތުރުން އީރާނުގެ ވެރިރަށް ތެހެރާނާއި ގުމްގައި ބޭއްވުނު ވަދާއީ ހިނގާލުންތަކުގައި ވެސް އެތައް މިލިއަން ރައްޔިތުންނެއް ވަނީ ބައިވެރިވެފައެވެ.

އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ޝަހީދުވީ 2026 ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް ފެށުނު 40 ދުވަހުގެ ހަނގުރާމައިގެ ކުރީކޮޅުގައެވެ. އެމަނިކުފާނު އަވަހާރަކޮށްލާފައިވަނީ އެމެރިކާއާއި އިސްރާއީލު ހިމެނޭ ކޯލިޝަނުން ތެހެރާނަށް ދިން ވަރުގަދަ ހަމަލާއެއްގައެވެ. މި ހަމަލާއާ ގުޅިގެން މުޅި އިސްލާމީ އުންމަތަށް ބޮޑު ސިލްސިލާއެއް ކުރިމަތިވެފައިވާއިރު، އީރާނުގެ ރައްޔިތުން ދަނީ އެމަނިކުފާނުގެ ޒިކުރާ އާކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450