ޚަބަރު
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މާދަމާ
ޕީއެންސީގެ އާންމު މެމްބަރުން ފޮޓޯ: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުކުރިއަށްދާނެ ސަރަހައްދުތައް އެ ޕާޓީން އިޢުލާނުކޮށްފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ 11 ޖުލައި 2026 ވާ ހޮނިހިރު ދުވަހުއެވެ. ހެނދުނު 9:00 އިން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ޕާޓީން މަޢުލޫމާތުދެއެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ވޯޓުލުން ކުރިއަށްދާނީ އެރަށެއްގައި ވޯޓުލުމަށް ޚާއްޞަކޮށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައެވެ. މާލެ ސަރަހައްދުގައި ވޯޓުލުން ކުރިއަށްދާނެ މަރުކަޒުތަކަކީ:
- އަމީނިއްޔާ ސްކޫލް: މާލެ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ތިނަދޫ ސިޓީގެ ދާއިރާތަކަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް.
- އިސްކަންދަރު ސްކޫލް: ސިޓީތައް ފިޔަވައި އަތޮޅުތަކުގެ އެހެނިހެން ދާއިރާތަކަށް މާލޭގައި ތިބި މީހުން ވޯޓުލުމަށް.
- ކާމިލުދީދީ ޕްރީސްކޫލް (ހުޅުމާލެ ފޭސް 2): ހުޅުމާލެ އުތުރު ދާއިރާގެ ވޯޓުލުމަށް.
- ރެހެންދި ސްކޫލް (ހުޅުމާލެ ފޭސް 1): ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓުލުމަށް.
- މުޙްޔިއްދީން ސްކޫލް (ވިލިމާލެ): ވިލިމާލެ ދާއިރާގެ ވޯޓުލުމަށް.
މި އިންތިޚާބަކީ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށާއި، ދާއިރާތަކުގެ މަޤާމުތަކަށް މީހުން އިންތިޚާބު ކުރުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ.
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން - މާލެ ސަރަހައްދު#DhiveheengeRaajje #CongressPartyMV pic.twitter.com/Ojo0AUoEXa
— PNC Secretariat (@pnc_secretariat) July 9, 2026