ދުނިޔެ

އަހަރެން މަރާލައިފިނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން އިރުޝާދު ދީފިން: ޓްރަމްޕް

އަހަރެން މަރާލައިފިނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން އިރުޝާދު ދީފިން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޖުލައި 2026، 10:11

10 ޖުލައި 2026، 10:11

އެމެރިކާގެރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން ރާވަމުންދާ ކަމަށް ބުނާ މައްސަލައިގައި، އޭނާއަށް އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް "އިރުޝާދު ދެއްވާފައިވާނެ" ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ނިއުޔޯކް ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުން އޭނާ އަވަހާރަކޮށްލަން ބޭނުންވާތާ އަހަރުތަކެއް ވެފައިވާ ކަމަށާއި، އޭނާއަކީ އެ ގައުމުގެ "ލިސްޓުގައި" އޮތް މީހެއް ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވީ އީރާނުގެ ރޫހާނީ ލީޑަރު ޚާމަނާއިގެ ޖަނާޒާގެ ތެރޭގައި، ޓްރަމްޕް މަރާލުމަށް ގޮވާލާ ބެނާތަކެއް ފެނިފައިވާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، އޭނާއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، އީރާނުން ދުވަހަކުވެސް ނުދެކޭ ފަދަ ވަރުގަދަ މިންވަރަކަށް އެ ގައުމަށް ބޮން އެޅުމަށް މިހާރު ވާނީ އިރުޝާދު ދެއްވާފައި ކަމަށެވެ. "އަހަރެން އުއްމީދު ކުރަނީ ތިޔަބޭފުޅުން އަހަރެން މަތިން ހަނދާން ކުރާނެ ކަމަށް،" ސަމާސާ ރާގަކަށް އޭނާ ވިދާޅުވިއެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450