ދުނިޔެ
ލުބުނާންގެ ރައްޔިތުން ގެތަކަށް އެނބުރި ދިއުމަށް ފަސްޖެހޭ

ލުބުނާނުގެ ހަނގުރާމަޔާ ގުޅިގެން ގެދޮރު ދޫކޮށްލަން މަޖުބޫރުވި ފަރާތެއް ފޮޓޯ: އަލް ޖަޒީރާ
އިސްރާއީލާއި ހިޒްބުއްލާ ދެމެދު ބުދަ ދުވަހު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު، އަދްނާން ޒައިދް ހިތްހަމަޖެހުމުގެ ނޭވައެއް ލިއެވެ.
އޭނާއާއި އޭނާއާއި އޭނާގެ އާއިލާ މުޅި ރޭ ހޭލާ ތިބެންޖެހުނީ ލެބަނަންގެ ވެރިރަށް ބެއިރޫޓަށް އިސްރާއީލުން ދިން ގަދަފަދަ ވައިގެ ހަމަލާތަކުގެ ސަބަބުންނެވެ. ހެނދުނު 4:00 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުވުމާއެކު ބިރުވެރިކަން ކުޑަވި ނަމަވެސް، މުސްތަޤުބަލާ މެދު ކަންބޮޑުވުން އުފެދުނެވެ.
"ތެދުތެދަށް ބުނަންޏާ އަދިވެސް އަހަރެން ކަންބޮޑުވޭ ކަމެއް ވެދާނެތީ،" އަދްނާން އަލް ޖަޒީރާއަށް ކިޔައިދިނެވެ. "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮންނާނެކަމާމެދު އަހަރެންގެ ހިތުގައި ޝައްކު އެބައޮތް."
އަދްނާންއަކީ ބެއިރޫޓުގެ މައިގަނޑު ގޮތެއްގައި ކުޑަ އާމްދަނީ ލިބޭ މީހުން ދިރިއުޅޭ ކަރަންޓީނާ ސަރަހައްދުގައި ހުރި ލޯކަލް އެހީދޭ ޖަމާއަތަކުން ހިންގާ ގެސްޓްހައުސްއަކަށް ފިލައިގެން އުޅޭ 650 މީހުންގެ ތެރެއިން މީހެކެވެ. ގިނަ މީހުން ބޭނުންވަނީ އަލުން އެމީހުންގެ ދިރިއުޅުން ބިނާކުރާށެވެ. ނަމަވެސް ބައެއް މީހުން ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ސަރަހައްދުތަކަށް އެނބުރި ދާޏް ފަސްޖެހެއެވެ. އެތަންތަނުގައި ގެދޮރާއި އާމްދަނީ ހޯދުމުގެ ވަސީލަތްތައް ހަލާކުވެ، ރައްކާތެރިކަމުގެ އިހުސާސް ގެއްލިފައިވެއެވެ.
"އަހަރެންގެ ގޭގެ ހުރިހާ ދޮރެއް ވަނީ ތަޅައިލާފަ. ފުރާޅު ވެއްޓި، ބޮންގޮއްވުމުގެ ސަބަބުން ބިއްލޫރިތައް ކުދިކުދިވެގެން ގޭގެ ތެރެއަށް އެޅިފައި ވަނީ،" އަދްނާން ބުންޏެވެ.
"މިވަގުތު އަޅުގަނޑުމެންނަކަށް އެނބުރި ދެވޭކަށް ނެތް. ތަން ރަނގަޅުކުރަން ވަގުތު ބޭނުންވޭ. އަޅުގަނޑުމެންގެ ގެ ދިރިއުޅެން އެކަށީގެންވޭތޯ ބަލަން 5 ނުވަތަ 6 ދުވަސް ނަގާނެ."
އަދުނާން ފަދައިން އެނބުރި އަމިއްލަ ފަސްގަނޑަށް ގޮސް އަމިއްލަ ދިރިއުޅުން އާފެށުމަކުން ފަށަން ބޭނުންވާ އެތައް ރައްޔިތުންނެއް އެބަތިއްބެވެ. ނަމަވެސް ކޮންމެ ރައްޔިތެއްގެވެސް ކަންބޮޑުވުން އެންމެ ބޮޑުވެފައި އޮތީ މާދަމާ ވާނެ ގޮތައް ނޭގޭތީއެވެ.