ދުނިޔެ

ބޮލެއް ނުލަނބާނަން، ދިފާއީ ހަނގުރާމައަށް ތައްޔާރު: އީރާނުގެ މަޖިލީހުގެ ރައީސް

ބޮލެއް ނުލަނބާނަން، ދިފާއީ ހަނގުރާމައަށް ތައްޔާރު: އީރާނުގެ މަޖިލީހުގެ ރައީސް

އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޖުލައި 2026، 10:17

10 ޖުލައި 2026، 10:17

އީރާނުގެ މަޖިލީހުގެ ރައީސް އަދި އެ ގައުމުގެ އިސް މަޝްވަރާވެރިޔާ މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، އެމެރިކާއާއެކު އޮތް މައްސަލަތަކުގައި އީރާނުން ދުވަހަކުވެސް ބޯނުލަނބާނެ ކަމަށާއި، އެ ގައުމުގެ ހައްގުތައް ހިމާޔަތްކުރުމަށް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ.

ތެހެރާނުގައި ވާހަކަދައްކަވަމުން ގާލީބާފް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ އެމެރިކާއިން ޚިލާފުވާ ކޮންމެ ވަގުތަކުވެސް، އީރާނުގެ ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމަށްޓަކައި ފުރިހަމަ ދިފާއީ ހަނގުރާމައަކަށް ނުކުތުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެމެރިކާގެ ކުރިމަތީގައި އީރާނުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ދުނިޔޭގެ ގައުމުތަކަށް ހަނގުރާމަ ހުއްޓާލުމަކީ އިސްކަންދޭ ކަމަކަށް ވީނަމަވެސް، މި ހަމަނުޖެހުންތަކަކީ އީރާނުން ބޯލަނބައިގެން ނިމޭނެ ކަމެއް ނޫންކަން އެންމެހައި ފަރާތްތަކުން ދަންނަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ގާލީބާފް ވަނީ އިސްލާމީ އުންމަތަށް މެސެޖެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް މުސްލިމް ގައުމުތަކުން ތެދުވެ، އެއްގަލަކަށް އަރަންޖެހޭ ކަމަށެވެ. އީރާނުގެ މަޖިލީހުގެ ރައީސްގެ މި ވާހަކަފުޅުތައް އައިސްފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450