ކުޅިވަރު / ޚަބަރު

އދ. ދިއްދޫގައި ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

އދ. ދިއްދޫގައި ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

އދ. ދިއްދޫގައި ތަރައްޤީކުރި ފުޓްސަލް ދަނޑު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޖުލައި 2026، 10:27

10 ޖުލައި 2026، 10:27

އދ. ދިއްދޫގައި ސަރުކާރުން ތަރައްޤީކުރި އައު ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. މި ދަނޑު ހުޅުވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މިކަމަށްޓަކައި މިއަދު ހަވީރު އދ. ދިއްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ވަޒީރު ރާފިޢުގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، އެމްޓީސީސީގެ ޑީއެމްޑީ އަޙްމަދު މުބީން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދިއްދޫ ކައުންސިލްގެ އިސްވެރިންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުން ކަމަށެވެ. އެގޮތުން ރަށުގައި ތިބެގެން އެކި ކުޅިވަރުތައް ކުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، މުޅި ރާއްޖެ ހިމެނޭގޮތަށް ގިނަ މަޝްރޫޢުތަކެއް ހުރިހާ ރަށެއްގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރަށްރަށުގައި ހުޅުވަމުންދާ މިފަދަ ފުޓްސަލް ދަނޑުތަކުގެ ސަބަބުން މޮޅެތި ކުޅުންތެރިންތަކެއް މުޖުތަމަޢަށް ނިކުމެ، ގިނަ ޒުވާނުންތަކަކަށް ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށެވެ. މިއީ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އަހަމިއްޔަތު ހާމަވެގެންދާ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފައްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮތް އދ. ދިއްދޫގައި މި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. މި ދަނޑަކީ އެ ރަށުގެ ޒުވާނުން ކުޅިވަރު ކުޅުމަށާއި ހަށިހެޔޮކަން އިތުރުކުރުމަށް ލިބިގެންދިޔަ މުހިންމު ވަސީލަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450