ޚަބަރު
ވިލިމާލޭގައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް ހިންގައި ހަތަރު މީހަކަށް އަނިޔާވެއްޖެ
ވިލިމާލެ ފުލުސް އޮފީސް
ވިލިމާލޭގައި ދެ ގްރޫޕެއްގެ މެދުގައި ހިނގި ނުރައްކާތެރި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ވިލިމާލެ ކަނދޮޅުމާގޯޅީގައި މި މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު، މެންދުރުފަހު 15:12 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ފުލުހުން ހާމަކުރި ގޮތުގައި އަނިޔާވެގެން ފަރުވާ ދެމުންދަނީ 18 އަހަރު، 22 އަހަރު، 27 އަހަރު އަދި 31 އަހަރުގެ ދިވެހި ހަތަރު ފިރިހެނުންނަށެވެ. ނަމަވެސް، އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.