ވިޔަފާރި / ޚަބަރު
ސްޓެލްކޯގެ 54 މުވައްޒަފުން ލީޑަރޝިޕް ޕްރޮގްރާމް ފުރިހަމަކޮށްފި

ސްޓެލްކޯގެ ލީޑަރޝިޕް ޕްރޮގްރާމް ފޮޓޯ: ސްޓެލްކޯ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ 54 މުވައްޒަފުން ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމްގެ 12 ވަނަ ބެޗް ފުރިހަމަކޮށްފިއެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދެވުނީ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ފަހުމީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މިހާތަނަށް މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ މުވައްޒަފުންގެ އަދަދު 663 އަށް އަރާފައިވެއެވެ. އަދި މުވައްޒަފުންގެ ހުނަރު އިތުރުކޮށް، ޕްރޮފެޝަނަލް ފެންވަރު މަތިކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއީ އެއް މަސައްކަތް ކަމުގައި ވެސް އެމްޑީ ފާހަގަކުރެއްވިއެވެ.
ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމަކީ ސްޓެލްކޯގެ މުވައްޒަފުންގެ ލީޑަރޝިޕް ސްކިލްސް އިތުރުކޮށް، އެ މުވައްޒަފުން ވަޒީފާގައި ކުރިއަރުވައި، ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ކުންފުނީގެ މުވައްޒަފުންނަށް އިތުރު ހިތްވަރާއި ޤާބިލުކަން ލިބިގެންދާނެއެވެ.
Leadership Enhancement Program Batch 12 completed with 54 additional staff trained at Girifushi Training Centre, bringing the total to 663. Proud to empower our workforce and drive professional excellence! #Leadership #Growth #Empowerment@STELCOMALDIVES @MMuizzu pic.twitter.com/BDlVhQBTHI
— Hussain Fahmy (@HussainFahmy09) November 30, 2024