ވިޔަފާރި / ޚަބަރު

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ސަހާ ވަޙީދު އައްޔަން ކުރައްވައިފި

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ސަހާ ވަޙީދު އައްޔަން ކުރައްވައިފި

ޑެޕިއުޓީ ސީއީއޯގެ މަޤާމަށް އައްޔަން ކުރެއްވި ސަހާ ވަޙީދު ފޮޓޯ: ބީއެމްއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޑިސެމްބަރު 2024، 02:17

01 ޑިސެމްބަރު 2024، 02:17

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޝަންސް އޮފިސަރގެ މަޤާމަށް ސަހާ ވަޙީދު އައްޔަންކުރައްވައިފިއެވެ. މި މަޤާމަށް ސަހާ އައްޔަންކުރެއްވީ ބޭންކުގެ ލީޑަޝިޕް އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ.

ބީއެމްއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 18 އަހަރަށްވުރެ ގިނަ ދުވަހު ބޭންކުގައި ޚިދުމަތްކުރައްވަމުން ގެންދަވާ ސަހާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބޭންކިންގ އޮޕަރޭޝަންސް، ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް، ހިއުމަން ރިސޯސަސް، އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮޕަޓީސް އަދި ބޭންކުގެ ޕްރޮކިއުމަންޓް ބެލެހެއްޓުން ހިމެނޭ ކަމަށެވެ.

ސަހާ ވަނީ ބޭންކުގައި ހެޑް އޮފް ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޗޭންޖް މެނޭޖްމަންޓްގެ މަޤާމު އަދާކުރައްވާފައެވެ. އަދި އެންމެ ފަހުން ހުންނެވީ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރގެ މަޤާމުގައެވެ. ސަހާ ވަނީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސްއިން އިކޮނޮމިކްސް އެންޑް އިކޮނޮމިކް ހިސްޓްރީގެ ދާއިރާއިން ބެޗްލަރ އޮފް ސައިންސް ޑިގްރީ އާއި ކޮމާޝަލް ލޯގެ ދާއިރާއިން މާސްޓަރ އޮފް ލޯސް (އެލްއެލްއެމް) ހާސިލުކުރައްވާފައެވެ.

މީގެ އިތުރުން، ބޭންކުގެ ދިގު މުއްދަތުގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާ އެއްގޮތަށް ހިންގުމުގެ އޮނިގަނޑު ބައްޓަންކުރުމަށްޓަކައި، އައު އެގްޒެކެޓިވް މެނޭޖްމަންޓް ޓީމެއްވެސް އިޢުލާނުކޮށްފައިވެއެވެ. މިގޮތުން ޗީފް ފައިނޭންޝަލް އޮފިސަރަކަށް ނަންދަނަ ސެނެވިރަތުނެ އަދި ޗީފް ރިސްކް އޮފިސަރއަކަށް ގެރީ ލޯޓަން އައްޔަންކުރައްވާފައިވެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި މަޤާމުތަކަށް އައްޔަނުކުރެވުނު ކޮންމެ ބޭފުޅަކީވެސް އެ ބޭފުޅެއްގެ ދާއިރާގެ ނަމޫނާ ތަޖުރިބާކާރެއް ކަމަށާއި، އެ ބޭފުޅުންގެ ގާބިލުކަމާއި ބޭންކިން ދާއިރާއާބެހޭ ގޮތުން ހޯއްދަވާފައިވާ މަޢުލޫމާތާއެކު، ބީއެމްއެލުން ކަނޑައަޅާފައިވާ ތަސައްވުރަށް ވާސިލްވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.


މި ލިޔުން ކިޔާލުމުން