ދުނިޔެ

ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ

ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ

ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖުލައި 2026، 10:46

12 ޖުލައި 2026، 10:46

ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ، ޢުމުރުފުޅުން 74 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.

މިކަން އިޢުލާންކޮށްފައިވަނީ އެޤައުމުގެ އަމީރީ ދީވާނުން ނެރުއްވި ބަޔާނެއްގައެވެ.

އަމީރީ ދީވާނުން އާދީއްތަ ދުވަހުގެ ހެނދުނު ނެރުއްވި ބަޔާނުގައި ވިދާޅުވީ، މާތްﷲގެ މިންވަރުފުޅަށް ފުރިހަމައަށް އީމާންވެ ތިބެ، ޤައުމަށް ލިބުނު މި ބޮޑު ހިތާމަ އިޢުލާން ކުރާ ކަމަށެވެ. އަދި "ފާދަރ އަމީރު" ގެ ލަޤަބު ދެވިފައިވާ ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އަމީރީ ދީވާނުގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، "މާތްﷲގެ މިންވަރުފުޅާއި ޤަޟާޤަދަރަށް ފުރިހަމައަށް އީމާންވެ އިޚްލާޞްތެރިކަމާއެކު، ކުރީގެ އަމީރު ނުވަތަ ފާދަރ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އަމީރީ ދީވާނުން ބައިވެރިވަމެވެ،" މިފަދައިންނެވެ. އަދި އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރައްވާފައިވެއެވެ.

ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީއަކީ ޤަޠަރުގެ ޒަމާނީ ތަރައްޤީގެ ބާނީގެ ގޮތުގައި ބެލެވޭ ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ޤަޠަރުގެ ރައްޔިތުންނާއި އިސްލާމީ އުންމަތަށް ވަނީ ބޮޑު ހިތާމައެއް ލިބިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450