Ads by Farudhun

ޚަބަރު

ރާއްޖޭގެ އާބާދީގެ 43 އިންސައްތަ ދިރިއުޅެނީ މާލޭގައި: މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ރާއްޖޭގެ އާބާދީގެ 43 އިންސައްތަ ދިރިއުޅެނީ މާލޭގައި: މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

މާލެ. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 ޖުލައި 2026، 12:16

12 ޖުލައި 2026، 12:16

ދިވެހިރާއްޖޭގެ އާބާދީގެ %43 ދިރިއުޅެމުންދަނީ މާލޭގައި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ އިދާރާއިން މިކަން ހާމަކޮށްފައިވަނީ، ދުނިޔޭގެ އާބާދީ ދުވަހާއި ގުޅިގެން ނެރުނު އެންމެ ފަހުގެ ތަފާސްހިސާބުތަކުންނެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާލޭގައި ޖުމްލަ 254،556 މީހުން ދިރިއުޅެމުންދާއިރު، ރަށްރަށުގައި ދިރިއުޅުމުންދަނީ ޖުމްލަ 335،522 މީހުންނެވެ. އޭގެ ތެރެއިން މާލޭގެ އާބާދީގެ 85،625 މީހުންނަކީ ބިދޭސީންކަމަށާއި، 168،931 މީހުންނަކީ ދިވެހީންކަމަށް ތަފާސްހިސާބުތަކުންދައްކައެވެ. އަތޮޅުތެރޭގައި ދިރިއުޅޭ މީހުންގެ ތެރޭގައި ހިމެނެނީ 225،123 ދިވެހީންނާއި، 110،399 ބިދޭސީންނެވެ.

މި ތަފާސްހިސާބުތަކަށް އިތުރަށް ބަލާލާއިރު، ރާއްޖޭގެ ޖުމްލަ އާބާދީގެ އަންދާޒާއަކީ 590،079 މީހުން ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ، 215،911 އަންހެނުންނާއި، 374،168 ފިރިހެނުންކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް މީގެ ތެރޭގައި ހިމެނޭ ދިވެހިންގެ އަދަދަކީ، 394،054 ކަމަށް ވާއިރު، އެއީ 200،162 ފިރހެނުންނާއި، 193،892 އަންހެނުންނެވެ. އާބާދީގެ ބާކީ 196،024 މީހުންނަކީ ބިދޭސީންނެވެ.

އެގޮތުން، އާބާދީގެ ފިރިހެނުންގެ ތެރެއިން %47 އަކީ ބިދޭސީން ކަމަށްވާއިރު، މާލޭގައި ދިރިއުޅޭ ކޮންމެ 3 މީހުންގެ ތެރެއިން 1 އަކީ ބިދޭސީއެކެވެ. އަދި އިދާރީ ރަށްރަށުގައި ކޮންމެ 5 މީހުންގެ ތެރެއިން 1 އަކީ ބިދޭސީއެއް ކަމަށް ވެސް މި ތަފާސްހިސާބުތަކުން ދައްކާއިރު، ރާއްޖޭގައި ބިދޭސީންގެ މައްސަލަ ނުހަނު ބޮޑުކަން މިކަމުގެ ސަބަބުން ހާމަވެއެވެ.



މީގެއިތުރުން، ރާއްޖޭގެ މަސައްކަތު އުމުރުފުރާގެ މީހުންގެ ތެރެއިން ވެސް ދިވެހި ފިރިހެނުންނަށްވުރެ ބިދޭސީ ފިރިހެނުން ގިނައެވެ. އަދި މާލެ ސަރަހައްދުގައި ވެސް މަސައްކަތު އުމުރުފުރާގެ މީހުންގެ ތެރެއިން ގިނައީ ބިދޭސީންނެވެ.

އިދާރީ ރަށްރަށުގައި، 29-20 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުން މަދުކަމާއި، ރިސޯޓުތަކާއި ސިނާއީ ރަށްރަށުގައި ގިނައީ 20-44 އަހަރާ ދެމެދުގެ މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ވެސް ދިވެހި ފިރިހެނުންނަށްވުރެ ބިދޭސީން ގިނަކަމަށް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ އާބާދީ އެންމެ ބޮޑު 5 އަތޮޅުގެ ގޮތުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ފާހަގަކޮށްފައިވަނީ އައްޑޫ ސިޓީއާއި، ހ.ދ އަތޮޅާއި، ކ. އަތޮޅާއި، ރ. އަތޮޅުގެ އިތުރުން ލ. އަތޮޅެވެ. މި ހުރިހާ އަތޮޅެއްގެ ތެރެއިން އެންމެ ބިދޭސީން ގިނައީ ކ. އަތޮޅުގައެވެ.

އަދި ރާއްޖޭގައި އުޅޭ ބިދޭސީ ފިރިހެނުންނާއި އަޅާބަލާއިރު، ބިދޭސީ އަންހެނުންގެ އަދަދު މަދުކަމެވެ. އެގޮތުން، ބިދޭސީ އަންހެނުންގެ އަދަދަކީ 22،019 ކަމަށް ވާއިރު، ބިދޭސީ ފިރިހެނުންގެ އަދަދަކީ 174،005 އެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އުމުރުފުރާގެ ގޮތުން ރާއްޖޭގައި އެންމެ ގިނައީ 64-36 އަހަރާއި ދެމެދުގެ މީހުނެވެ. މިއީ އާބާދީގެ 37 އިންސައްތަ ނުވަތަ 144،606 މީހުންނެވެ. އެއަށްފަހު ދެން އެންމެ ގިނައީ 17-0 ދެމެދުގެ ކުޑަކުދިންގެ އާބާދީއެވެ. މިއީ 114،361 ކުދިންނެވެ. ރާއްޖޭގައި އެންމެ މަދީ 65 އަހަރުން މަތީގެ މީހުންގެ އާބާދީ ކަމަށް ވާއިރު، މިއީ ޖުމްލަ 26،825 މީހުނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450