ދުނިޔެ

ތުރުކީއަށްފަހު މިސްރުން ވެސް އެއްޖިންސުން ގުޅުން ހިންގުމުގެ ހުއްދަ އޮންނަ ކުރޫޒް ޝިޕް އެތެރެވުން މަނާކޮށްފި

ތުރުކީއަށްފަހު މިސްރުން ވެސް އެއްޖިންސުން ގުޅުން ހިންގުމުގެ ހުއްދަ އޮންނަ ކުރޫޒް ޝިޕް އެތެރެވުން މަނާކޮށްފި

'ސްކާލެޓް ލޭޑީ'. ފޮޓޯ: ޕީއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖުލައި 2026، 03:26

12 ޖުލައި 2026، 03:26

ތުރުކީވިލާތުގެ ކަނޑުގެ ސަރަހައްދަށް ވަނުން މަނާކުރި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ކުރޫޒް ޝިޕެއް ކަމަށްވާ 'ސްކާލެޓް ލޭޑީ' މިސްރަށް ވަނުން ވެސް އެ ގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

މި ބޯޓުގައި މަޝްހޫރު ބްރޯޑްވޭ ފަންނާނު ޕެޓީ ލޫޕޯން ހިމެނޭހެން 2,000 އެއްހާ ފަސިންޖަރުން ދަތުރުކުރަމުންދެއެވެ.

ބޯޓުގެ ފަސިންޖަރުންނަށް ބުރާސްފަތި ދުވަހުގެ ހެނދުނު ދިން ނޯޓިސްއެއްގައި ބުނެފައިވަނީ، މިސްރުގެ ކަނޑުގެ ސަރަހައްދަށް ބޯޓު ވަނުން މަނާކޮށްފައިވާ ކަމަށާއި، އެހެންކަމުން އެލެކްސެންޑްރިއާއަށް ބޯޓު މަޑުނުކުރާނެ ކަމަށެވެ. ބޯޓު ޗާޓަރުކުރި އެޓްލާންޓިސް އިވެންޓްސްގެ ސީއީއޯ ރިޗް ކެމްޕްބެލް ވިދާޅުވީ، މިއީ ވަރަށް ކުއްލި ގޮތަކަށް ނިންމި ނިންމުމެއް ކަމަށާއި، މިދިޔަ އަހަރު ވެސް މިފަދަ ދަތުރެއް އެއްވެސް މައްސަލައެއް ނެތި ކުރެވުނު ކަމަށެވެ.

މި ބޯޓު މިސްރަށް ދިއުމަށް ނިންމީ ތުރުކީން އެ ބޯޓު އެތެރެވުން މަނާކުރުމާ ގުޅިގެންނެވެ. ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ބޯޓު މަނާކުރީ "މުޖުތަމައުގެ އޮނިގަނޑާއި އަހުލާގީ މިންގަނޑުތަކާ ނުގުޅޭ ގްރޫޕްތަކަކުން" ބޯޓު ޗާޓަރުކޮށްފައިވާތީ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުން އުފެދިފައިވާ ކަމަށް ވެސް ތުރުކީން ބުނެފައިވެއެވެ.

މިސްރުން ވެސް ފުރުސަތު ނުދިނުމާ ގުޅިގެން ބޯޓުގެ ދަތުރު މިހާރު ވަނީ ދެވަނަ ފަހަރަށް ބަދަލުކޮށްފައެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ބޯޓު ދެން ބަނދަރުކުރާނީ ގްރީސްގެ ކްރީޓް އަދި މޮންޓެނީގްރޯއަށެވެ. ބޯޓުގައި ހުރި ފަންނާނު ޕެޓީ ލޫޕޯން އިންސްޓަގްރާމްގައި ބުނެފައިވަނީ، ބޯޓުގައި ތިބި މީހުންގެ ސަބަބުން ތުރުކީން ފުރުސަތު ނުދިނުމުން އޭނާ ވަރަށް ބޮޑަށް ކޯފާވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިސްރު ސަރުކާރުން ރަސްމީކޮށް ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނީ، މިފަދަ ނިންމުންތަކުގެ ސަބަބުން އެހެން ގައުމުތަކުން ވެސް މިފަދަ ފިޔަވަޅުތައް އެޅުމަށް ހިތްވަރު ލިބިދާނެތީއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450