Ads by Farudhun

ޚަބަރު

ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުން މަސައްކަތް އޮކްޓޯބަރަށް ނިންމަނީ

ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުން މަސައްކަތް އޮކްޓޯބަރަށް ނިންމަނީ

ހުޅުމާލެ ހޮސްޕިޓަލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖުލައި 2026، 01:02

12 ޖުލައި 2026، 01:02

ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ޖީޕީ ކްލިނިކްގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ނިންމާލުމަށް އަމާޒު ހިފައިފިއެވެ.

 ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުތައް ނިންމައި ޚިދުމަތް ދޭން ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހަށެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލަށް ޖުމްލަ 28 އެނދު އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ މެޑިކަލް ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ) އަށް ޚާއްސަ 4 އެނދާއި، ޖެނެރަލް ވޯޑަށް އިތުރުކުރާ 15 އެނދުގެ އިތުރުން ކުޑަކުދިންގެ ވޯޑަށް އިތުރުކުރާ 9 އެނދެވެ. މި ބަދަލާއެކު، ކުޑަކުދިންގެ ވޯޑުގެ އެނދުގެ އަދަދު 6 އިން 15 އަށް އިތުރުވެގެންދާނެއެވެ. އަދި ޖެނެރަލް ވޯޑުގެ އެނދުގެ އަދަދު 27 އަށް އަރާނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ވޯޑުތަކުގެ ޖާގަ އިތުރުކުރުމާއި ޖީޕީ ކްލިނިކްގެ މަސައްކަތަށް މީގެ ކުރިން ބައެއް ލަސްތަކެއް ކުރިމަތިވި ނަމަވެސް، މިހާރު އެ މަސައްކަތްތައް އަލުން ފަށައި ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ ޖީޕީ ކްލިނިކް ހުންނާނީ އަމާން އުދަރެހުގެ 6 ވަނަ ޓަވަރުގައެވެ.

މި ކްލިނިކްގެ ޚިދުމަތްތަކާ ގުޅޭގޮތުން ހޮސްޕިޓަލުން ވިދާޅުވީ، އެތަނުން އާއްމު ބަލިތަކުގެ ޑޮކްޓަރަށް ދެއްކުމާއި، ލެބޯޓްރީ ސާމްޕަލް ނެގުމުގެ އިތުރުން އެކްސްރޭ ނެގުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކަން ބޭނުންވާ ބަލިމީހުންނަށް އެ ކްލިނިކް މެދުވެރިކޮށް ރިފަރަލް ހަދައިދިނުމުގެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ.

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން 4 އޮޕަރޭޓިންގ ރޫމް ހިމެނޭ ތިއޭޓަރ ކޮމްޕްލެކްސްއަކާއި، 10 އެނދުގެ އައިސީޔޫއެއްގެ އިތުރުން 14 އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއް (އެންއައިސީޔޫ) ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން އީއާރުގެ އެނދުތައް 7 އިން 14 އަށް އިތުރުކޮށް، ޑައިލިސިސް ޔުނިޓުގެ ޚިދުމަތްވެސް ވަނީ ފުޅާކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450