Ads by Farudhun

ޚަބަރު

ހަންޏާމީދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު އާރްޑީސީން ކުރިއަށްގެންދަނީ

ހަންޏާމީދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު އާރްޑީސީން ކުރިއަށްގެންދަނީ

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 ޖުލައި 2026، 01:35

12 ޖުލައި 2026، 01:35

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) ޕްރޮގްރާމްގެ ދަށުން އދ. ހަންޏާމީދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދަމުންދާކަން، ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.

އާރްޑީސީން މިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ޕްރޮޖެކްޓްގެ ދަށުން، ހަންޏާމީދޫގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ ގްރައުންޑް ސްލެބް ކޮންކްރީޓް ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށެވެ.

މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރަސްމީކޮށް އަމަލީ މަސައްކަތް ފަށްޓަވާދެއްވީ،  ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ.



2023 ވަނަ އަހަރު ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ފުލުހުންގެ ހިދުމަތް ގާއިމްނުކުރެވި 66  ރަށެއް އޮތެވެ. މުޖުތަމަޢުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމުގެ ގޮތުން މި ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. 

 އެގޮތުން، މިދިޔަ އަހަރުގެ ތެރޭގައި، މިހާތަނަށް ފުލުހުންގެ މަރުކަޒު ނެތް ގިނަ ރަށްރަށުގައި މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ވަނީ ސަރުކާރުން ފަށާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450