Ads by Farudhun

ޚަބަރު

ރާއްޖެ އާއި ބަންގްލަދޭޝްއިން ގައިދީން ބަދަލުކުރަނީ

ރާއްޖެ އާއި ބަންގްލަދޭޝްއިން ގައިދީން ބަދަލުކުރަނީ

ހޯމް މިނިސްޓަރ އިޙްސާން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖުލައި 2026، 03:25

12 ޖުލައި 2026، 03:25

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ބަންގްލަދޭޝްގެ މަޝްހޫރު ނޫހެއް ކަމަށްވާ 'ދާކާ ޓްރިބިއުން'ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާރު ކުރިއަށް ދަނީ މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ އިޖުރާއަތްތަކެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ބަންގްލަދޭޝްގެ ރައްޔިތުންނަށް އެ މީހުންގެ ހުކުމުގެ ބާކީ ބައި އަމިއްލަ ގައުމުގައި ތިބެގެން ތަންފީޒުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ބަންގްލަދޭޝްގެ ހައިކޮމިޝަނާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، ދެ ގައުމުގެ ކަމާގުޅުންހުރި އިދާރާތަކުން ރަސްމީކޮށް ނިންމަންޖެހޭ ކަންކަން ނިންމުމަށްފަހު، ވަރަށް އަވަހަށް މި އެއްބަސްވުމުގައި ސޮއިކުރެވި އަމަލީ ސިފަ އަންނާނެ ކަމަށެވެ.

ބަންގްލަދޭޝް ހައިކޮމިޝަނުން ގަބޫލުކުރާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އިންސާނިއްޔަތުކަމާއި ގާނޫނީ ދާއިރާގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ދާކާ ޓްރިބިއުންގެ ރިޕޯޓުގައިވާ ގޮތުން، މިވަގުތު ރާއްޖޭގެ ޖަލުތަކުގައި ބަންގްލަދޭޝްގެ 44 މީހަކު އެބަތިއްބެވެ. މީގެ ތެރެއިން 10 މީހަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ކަމަށްވާއިރު، ބާކީ ތިބި މީހުންނަކީ އެކި ކުށްތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނެވެ. ރާއްޖޭގައި ކުށްކުރާ ބިދޭސީންގެ ތެރޭގައި ގިނައިން ހިމެނެނީ މީހުން މެރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުންނެވެ.

މި މަރުހަލާގެ ތެރެއިން، ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމާއި ހައިކޮމިޝަންގެ ވަފުދެއް ދާދިފަހުން ވަނީ މާފުށީ ޖަލަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ގައިދީންގެ ހާލު ބައްލަވައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނާ ބައްދަލުކުރައްވައި ގައިދީންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450