Ads by Farudhun

ޚަބަރު

ދިރާސާތަކުން ދައްކަނީ އަޚްލާގު ރަނގަޅު ކުދިންނަށް މޮޅެތި ނަތީޖާ ހޯދުމަށް ފަސޭހަކަމަށް: ވަޒީރު ޑރ. ޝަފީޢު

ދިރާސާތަކުން ދައްކަނީ އަޚްލާގު ރަނގަޅު ކުދިންނަށް މޮޅެތި ނަތީޖާ ހޯދުމަށް ފަސޭހަކަމަށް: ވަޒީރު ޑރ. ޝަފީޢު

ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު. ފޮޓޯ: ޕީއެސްއެމް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 ޖުލައި 2026، 04:52

12 ޖުލައި 2026، 04:52

އަޚްލާގު ރަނގަޅު ކުދިންނަށް މޮޅެތި ނަތީޖާ ހޯދުމަކީ ވަރަށް ފަސޭހަކަމެއް ކަމަށް، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިގޮތަށް ވިދާޅުވީ، ހުޅުމާލެ ސީއެޗްއެސްސީގައި ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު 2025" ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވަރސިޓީން ހަދާފައިވާ ދިރާސާއަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސްކޫލުތަކުގައި އަޚްލާގު ކިޔަވާދިނުމަކީ މުހިންމުކަމެއް ކަމަށް ގިނަ ބެލެނިވެރިން ގަބޫލުކުރާ ކަމަށެވެ. އަދި މިއާއެކު ދަރިވަރުންގެ އަހްލާގު ބައްޓަން ކުރުމުގައި ސްކޫލުތަކުގެ ދައުރެއް އޮންނަން ޖެހޭނެ ކަމަށް ކިޔަވައިދޭ މުދައްރިސުންގެ 97 އިންސައްތަ މުދައްރިސުން ގަބޫލުކުރައްވާކަމަށާއި، އަޚްލާގަކީ ވަކިން ކިޔަވައިދޭން ޖެހޭނޭ މާއްދައެއް ކަމަށް، 87 އިންސައްތަ މުދައްރިސުން ގަބޫލުކުރައްވާކަން ދިރާސާގެ އަލީގައި ހާމަވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިއީ ކުރިއަރާފައިވާ ގައުމުތަކުގެ ވިސްނުންހުރި ގޮތްކަމަށާއި، ރާއްޖެފަދަ ގައުމުތަކުން ނަކަލުކުރަންވީ އެފަދަ ކުރިއަރާފައިވާ ގައުމުތަކުގެ މިފަދަ ވިސްނުންތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ދިރާސާއިން ފާހަގަވާ ގޮތުގަ ރަނގަޅު އަހްލާގެއްގެވެރި ދަރިވަރުންނަށް ސްކޫލުތަކުގަ މޮޅެތި ނަތީޖާ ހޯދުން އެއީ ވަރަށް ފަހިކޮށް އޮންނަކަމެއް"

 ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ. 

މީގެ އިތުރުން ވަޒީރު ވަނީ ރިވެތި އަޚްލާގެއްގެވެރި ބަޔަކަށްވުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ނަސޭޙަތްތެރިވެލައްވާފައެވެ. އަދި ހުރިހާ ދަރިވަރުންނަކީ ވެސް މުދައްރިސުންދެކެ ލޯބިވާ އަދި މައިންބަފައިންގެ ބަސްއަހާ ކުއްޖަކަށްވުމަށް ވަޒީރު އެދިލެއްވިއެވެ.

އަދި އޭރުން، އިތުރަށް ކިޔަވާ ހިތްވެ، މިފަހަރު ލިބުނު ނަތީޖާއަށްވުރެ މާ ހެޔޮ ނަތީޖާއެއް މާތް ﷲ ގެ އިރާދަފުޅުން ލިބިގެންދާނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450