Ads by Farudhun

ޚަބަރު

ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމަށް އީރާނުން އައު އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި

ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމަށް އީރާނުން އައު އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި

ހޮރުމޫޒު ކަނޑުއޮޅި - ފޮޓޯ: އަލްޖަޒީރާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

12 ޖުލައި 2026، 06:52

12 ޖުލައި 2026، 06:52

ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި  ބެލެހެއްޓުމަށްޓަކައި، އަވަށްޓެރި ގައުމުތަކާ ގުޅިގެން އައު އޮނިގަނޑެއް އެކުލަވައިލުމަށް އީރާނުން ބޭނުންވާކަން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ތެހެރާން ޔުނިވަރސިޓީގެ ސީނިއަރ ރިސަރޗް ފެލޯ، މުޙައްމަދު އިސްލާމީ ވިދާޅުވީ، އަވަށްޓެރި ގައުމުތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމަށް އީރާނުން ކުރާ މަސައްކަތްތައް، ދެފަރާތުގެ ދެމެދުގައި ވެފައިވާ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގެ 5 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އެމެރިކާއިން ގަބޫލުކޮށްފައިވާ ކަމަށެވެ.

އިސްލާމީ އިތުރަށް ހާމަކުރެއްވި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިއާ މެދު އީރާނުން ގެންގުޅޭ ސިޔާސަތަކީ ވަރަށް ސާފު ސިޔާސަތެކެވެ. އޭނާ ވިދާޅުވީ އީރާނުން އެއްވެސް އިރެއްގައި ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރަން ބޭނުންނުވާ ކަމަށާއި، މިހާރުވެސް މި އައު އޮނިގަނޑާ ގުޅޭގޮތުން އެމެރިކާއާއި، އޮމާންގެ އިތުރުން ވިލާތުގެ ބައެއް ގައުމުތަކާ އެކު އީރާނުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، އެމް.އޯ.ޔޫގެ 5 ވަނަ މާއްދާ މާނަކުރުމުގައި އެމެރިކާއާއި އީރާނާ ދެމެދު އެއްވެސް ޚިލާފެއް އުޅޭނަމަ، އެމެރިކާގެ އޮފިޝަލުން އީރާނުގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާގެ މޭޒަށް އަންނަންޖެހޭނެ ކަމަށްވެސް އިސްލާމީ ވަނީ ފާހަގަކުރައްވާފައެވެ.

ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފުލާ މަގަށް ވުމާއެކު، މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަކީ ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ބޮޑު އަހަންމިއްޔަތެއްދޭ ކަމެކެވެ. އީރާނުން މި ހުށަހެޅި އައު އޮނިގަނޑަކީ އެ ސަރަހައްދުގެ ހަމަޖެހުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450