Ads by Farudhun

ޚަބަރު

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ކަމާބެހޭ ދާއިރާތަކާ މާލީ ވުޒާރާއިން މަޝްވަރާކޮށްފި

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ކަމާބެހޭ ދާއިރާތަކާ މާލީ ވުޒާރާއިން މަޝްވަރާކޮށްފި

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ކަމާބެހޭ ދާއިރާތަކާ މަޝްވަރާކުރުން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖުލައި 2026، 11:50

13 ޖުލައި 2026، 11:50

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކުރުމަށް ތައްޔާރުވަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފް.ޓީ.އޭ) އާ ގުޅޭގޮތުން، ރާއްޖޭގެ އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންނާ ބައްދަލުކޮށް މިނިސްޓްރީ އޮފް ފައިނޭންސްއިން މަޝްވަރާތައް ބާއްވައިފިއެވެ. 

މި މަޝްވަރާތަކުގެ މައިގަނޑު މަޤުސަދަކީ އެއްބަސްވުން އެކުލަވާލުމުގައި އެކި ދާއިރާތަކުގެ އިސްކަންދޭ ކަންކަމާއި ހުރި ގޮންޖެހުންތައް ދެނެގަތުމެވެ.

މިގޮތުން، ގާނޫނީ ދާއިރާގެ ފަންނީ ބޭފުޅުންނާއެކު ބޭއްވުނު ބައްދަލުވުމުގައި، ބޯޑަރު ހުރަސްކޮށް ގާނޫނީ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، ގާނޫނީ އޮނިގަނޑުތަކާއި ފަންނީ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ގާނޫނީ މާހިރުންގެ ހިޔާލާއި މަޝްވަރާ މިނިސްޓްރީން ވަނީ ހޯދާފައެވެ.

ތަޢުލީމީ ދާއިރާގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުވުމުގައި، ތަޢުލީމީ ޚިދުމަތްތައް ފުޅާކުރުމާއި، ހުނަރު ތަރައްގީކުރުމުގެ އިތުރުން އެކަޑަމިކް ދާއިރާއިން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ ވާހަކަދެކެވިފައެވެ. މި ދާއިރާގައި ހުރި ފުރުސަތުތަކާއި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ތައުލީމީ ދާއިރާގެ އިސް ބޭފުޅުން ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މާލީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތުތަކަކީ އިންޑިއާއާއެކު ކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތަކުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ލިބޭ މުހިންމު ބާރެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ އިޤުތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450