Ads by Farudhun

ޚަބަރު

ކުޅުދުއްފުށި ސިޓީއަށް އައު ޖެންސެޓެއް ގެންގޮސްފި

ކުޅުދުއްފުށި ސިޓީއަށް އައު ޖެންސެޓެއް ގެންގޮސްފި

ކުޅުދުއްފުށި ސިޓީއަށް ގެންދިޔަ ޖެންސެޓުތައް އެ ސިޓީއަށް ބޭލުން / ފޮޓޯ: ފެނަކަ

farudhun logo

ފަރުދުން

14 ޖުލައި 2026، 09:12

14 ޖުލައި 2026، 09:12

ކުޅުދުއްފުށި ސިޓީގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ސިޓީއަށް ބޭނުންވާ 1200 ކިލޯވޮޓުގެ އައު ޖެންސެޓު ގެންގޮސްފިއެވެ.

މި ޖެންސެޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ފޮނުވުނު އިންޖީނެކެވެ. ފެނަކަ ކޯޕަރޭޝަނުން މަޢުލީމާތުދޭ ގޮތުގައި މިއީ 2024 ވަނަ އަހަރާއި 2026 ވަނަ އަހަރާ ދެމެދު އެ ސިޓީއަށް ގެންދެވުނު 5 ވަނަ ޖެންސެޓެވެ.

މި އައު ޖެންސެޓް އިންސްޓޯލްކޮށް ނިމުމުން ކުޅުދުއްފުށި ސިޓީގައި މިހާރު ދެމުން އަންނަ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ކަރަންޓު ކެނޑުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރެއެވެ.

މި މަޝްރޫޢަކީ ކުޅުދުއްފުށީގެ އާބާދީ އިތުރުވަމުންދިއުމާއި، ވިޔަފާރިތައް ފުޅާވަމުންދާތީ ކަރަންޓަށް އޮތް ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ ކުރިންވެސް މި ސަރުކާރުން ވަނީ އެ ސިޓީގެ އިންޖީނުގެއަށް ބޭނުންވާ މުހިންމު ވަސީލަތްތައް ފޯރުކޮށްދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450