ކުޅިވަރު

ކުޅިވަރުގެ ދުރުރާސްތާ ޕްލޭންގެ އެންމެ ބޮޑު އަމާޒަކީ އޮލިމްޕިކްސް މެޑަލް: މިނިސްޓަރު ރާފިއު

ކުޅިވަރުގެ ދުރުރާސްތާ ޕްލޭންގެ އެންމެ ބޮޑު އަމާޒަކީ އޮލިމްޕިކްސް މެޑަލް: މިނިސްޓަރު ރާފިއު

"ޕްލޭ ގްރައުންޑް ޓު ޕޯޑިއަމް" ޕްރެޒެންޓޭޝަން--- ފޮޓޯ: މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 ޑިސެމްބަރު 2024، 10:47

01 ޑިސެމްބަރު 2024، 10:47

ހުލާސާ

  • ކުޅިވަރުގެ ދުރުރާސްތާ ޕްލޭންގެ އެންމެ ބޮޑު އެއް އަމާޒަކީ 2040 ވަނަ އަހަރު އޮންނަ އޮލިމްޕިކްސްގައި ޕޯޑިއަމް ފިނިޝްއެއް ހޯދައި، މެޑަލް ހާސިލްކުރުން ކަމަށް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ.
  • މި ޕްލޭންގައި، 2040 ވަނަ އަހަރުގެ އޮލިމްޕިކްސްގެ މެޑަލްގެ ކުރިން، 2030 އާއި 2034 ގެ އޭޝިއަން ގޭމްސްގައި މެޑަލު ހޯދުމަށް އަމާޒު ހިފާފައިވޭ.

ކުޅިވަރުގެ ދުރުރާސްތާ ޕްލޭންގެ އެންމެ ބޮޑު އެއް އަމާޒަކީ 2040 ވަނަ އަހަރު އޮންނަ އޮލިމްޕިކްސްގައި ޕޯޑިއަމް ފިނިޝްއެއް ހޯދައި، މެޑަލް ހާސިލްކުރުން ކަމަށް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ރާފިއު މިހެން ވިދާޅުވީ، ރާއްޖޭގެ ކުޅިވަރުގެ 20 އަހަރުގެ ދުރުރާސްތާ ޕްލޭންގެ ޕްރެޒެންޓޭޝަން، "ޕްލޭ ގްރައުންޑް ޓު ޕޯޑިއަމް"ގައި ވާހަކަފުޅު ދައްކަވަމުން, ހޮނިހިރު ދުވަހުއެވެ. 

މި މަސައްކަތް ފަށައިގެން މިހާރު އަހަރެއްހާ ދުވަސް ހޭދަވެފައިވާއިރު، މި ވަގުތު ރާއްޖޭގެ ކުޅިވަރު ސިސްޓަމްގައި ހުރި މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މި ޕްލޭނުގެ މަސައްކަތުގެ ބައިވެރިންގެ ގޮތުގައި ހިމެނެނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، ގައުމީ ކުޅިވަރު ކައުންސިލް، ސަރުކާރުގެ މިނިސްޓްރީތައް އަދި ކުޅިވަރު އެސޯސިއޭޝަންތަކެވެ. 

ލިބުނު މައުލޫމާތުގެ އަލީގައި، ސްވޮޓް އެނަލައިސިސްއެއް ހެދިގެން ދިޔަ އަހަރެމެންގެ ކޮންސަލްޓަންޓުންނާ ގުޅިގެން. އަހަރެމެން ޕްލޭން މި ހެދީ 2040 ގެ އޮލިމްޕިކް ގައި ޕޯޑިއަމް ފިނިޝް އަކަށް ދާން. އެނގޭ މިއީ، ވަރަށް އުންމީދީ ޕްރޮޖެކްޓެއްކަން، އަހަރެމެން މި ދަތުރު ފަށަން މި ވަނީ ތައްޔާރު، ބޭބީ ސްޓެޕްސް ފުރަތަމަ މި ނެގެނީ، އެކަމަކު އުންމީދަކީ ވަރަށް ހަލުވި ދުވެއްޔެއްގައި، މި ދަތުރުން ކުރިއަށްދާން

މިނިސްޓަރު ރާފިއު ވިދާޅުވެފައިވެއެވެ.

އެތުލީޓުންގެ ހުނަރު އިތުރު ކުރުމުގެ ގޮތުން، އެތުލީޓުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރަގަޅު ފެންވަރުގެ ތަމްރީނުތައް ދިނުމަށް ހިމަނާފައިވާ މި ދުރުރާސްތާ ޕްލޭނަކީ އެމެރިކާގެ އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓިފިކެޓް ޕްރޮގްރާމް (އައިސީއީސީޕީ)ގެ އެހީތެރިކަމާ އެކު ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. އަދި ތަމްރީނުތައް ދިނުމުގައި، އެކި ކުޅިވަރަށް ހުނަރުވެރި ކުދިން ހޯދައި، އެ ކުދިންނަށް ރަގޅު ތަމްރީނުދީ، ކުރިއެރުވުމަށް މަސައްކަތް ކުރުން ވެސް ހިމެނެއެވެ. 

މި ޕްލޭންގައި، 2040 ވަނަ އަހަރުގެ އޮލިމްޕިކްސްގެ މެޑަލްގެ ކުރިން، 2030 އާއި 2034 ގެ އޭޝިއަން ގޭމްސްގައި މެޑަލު ހޯދުމަށް އަމާޒު ހިފާފައިވެއެވެ. 

މިނިސްޓަރު ރާފިއު އިތުރަށް ވިދާޅުވީ، މި ދުރުރާސްތާ ޕްލޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ "ހަފްތާ 14" ތެރޭގައި ހިމަނައި، އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، މި ޕްލޭނަށް ބޭނުންވާ މުހިންމު ކަންކަން މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި އޮތް ކުޅިވަރު ގާނޫނުގެ އިސްލާހުގެ ތެރެއިން ވެސް ފުރިހަމަ ވެގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން