ކުޅިވަރު

އިންޓަރ މިލާން އާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗުގައި ކުޅުންތެރިއަކު ދަނޑުމައްޗަށް ވެއްޓި ހޭ ނެތިއްޖެ

އިންޓަރ މިލާން އާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗުގައި ކުޅުންތެރިއަކު ދަނޑުމައްޗަށް ވެއްޓި ހޭ ނެތިއްޖެ

އެޑުއާޑޯއަށް ފަރުވާ ދިނުމަށް މެޗު ހުއްޓާލާފައި--- ފޮޓޯ: ޝަޓަރ ސްޓޮކް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ޑިސެމްބަރު 2024، 12:33

02 ޑިސެމްބަރު 2024، 12:33

ހުލާސާ

  • ފިއޮރެންޓީނާގެ މެދުތެރެއަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ އެޑުއާޑޯ ބޯވް ހޭ ނެތިގެން ދަނޑުމައްޗަށް ވެއްޓުމާ ގުޅިގެން، މެޗު ހުއްޓާލައި އެހެން ދުވަހަކަށް އެ މެޗު ފަސްކޮށްފި.
  • އޭނާ ދަނޑުން ގެންދިޔައިރު އަމިއްލައަށް ނޭވާލެވޭ ކަމަށާއި، އޭރު ހޭ ވެސް އަރާފައިވާކަމަށް ރިޕޯޓުތައް ބުނޭ.

އިޓާލިއަން ސެރީއާގައި، ލީގުގެ 3 އަދި 4 ވަނައިގައި އޮތް އިންޓަރ މިލާނާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗުގައި، ފިއޮރެންޓީނާގެ މެދުތެރެއަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ އެޑުއާޑޯ ބޯވް ހޭ ނެތިގެން ދަނޑުމައްޗަށް ވެއްޓުމާ ގުޅިގެން، މެޗު ހުއްޓާލައި އެހެން ދުވަހަކަށް އެ މެޗު ފަސްކޮށްފިއެވެ.

އެޑުއާޑޯއަށް ފަރުވާ ދިނުމަށް މެޗު ހުއްޓާލިއިރު، މެޗުގެ 17 މިނެޓު ވަނީ ކުޅެފައެވެ. އަދި މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ، އިންޓަރ މިލާންގެ ލައުޓާރޯ މާޓިނޭޒް ގޯލަށް ފޮނުވާލި ބޯޅައެއްގެ ސައްހަކަން ބެލުމަށް މެޗުގެ ކުޅުން މެދުކަނޑާލާފައި އޮއް ވަގުތެއްގައެވެ. 

އޭ އެސް ރޯމާ އިން ލޯނެއްގައި އިންޓަރ އަށް ބަދަލުވި އެޑުއާޑޯ ދަނޑަށް ވެއްޓުމާއެކު، ސިއްހީ ފަރުވާދޭ މީހުން ވަނީ ދަނޑު މައްޗަށް އަރާ އޭނާއަށް އަވަސް ފަރުވާދޭން ފަށާފައެވެ. އަދި އޭނާ އެމްބިއުލޭންސްގައި ހޮސްޕިޓަލަށް ގެންދެވުމާއެކު، ރެފްރީ ވަނީ ދެ ޓީމުގެ ކުޅުންތެރިން ދަނޑު ފޮނުވާލުމަށްފަހު، މެޑިކަލް އެމަޖެންސީއާ ގުޅިގެން މެޗުގެ ކުޅުން ފަސް ކުރެވުނުކަން އިއުލާންކޮށްފައެވެ. 

ސްކައި ސްޕޯޓް އިޓާލިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ގެންގޮށްފައިވަނީ ފްލޮރެންސްގައި ހުންނަ ހޮސްޕިޓަލަކަށެވެ. އަދި އޭނާ ދަނޑުން ގެންދިޔައިރު އަމިއްލައަށް ނޭވާލެވޭ ކަމަށާއި، އޭރު ހޭ ވެސް އަރާފައިވާކަމަށް ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން