ދުނިޔެ

ކުވައިތުގެ އިންޖީނުގެއަކާއި ފެން އުފައްދާ ކާރުޚާނާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކުވައިތުގެ އިންޖީނުގެއަކާއި ފެން އުފައްދާ ކާރުޚާނާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކުވެއިތުގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާގެ އިމާރާތްތަކަށް ހަމަލާދިނުން - ފޮޓޯ: އަލްޖަޒީރާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

18 ޖުލައި 2026، 12:10

18 ޖުލައި 2026، 12:10

ކުވައިތުގެ ކަރަންޓާއި ފެނުގެ ޚިދުމަތްދޭ މަރުކަޒީ ކާރުޚާނާއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އީރާނުން ދިން ހަމަލާތަކަކާ ގުޅިގެން ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް އިލެކްޓްރިސިޓީ، ވޯޓާ އެންޑް ރިނިއުވަބަލް އެނާޖީން ވަނީ ހާމަކޮށްފައެވެ.

ކުވައިތުގެ ކަމާބެހޭ އިދާރާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކަރަންޓާއި ފެން އުފައްދާ ކާރުޚާނާގެ މުހިންމު ބަޔެއްގައި ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާރުޚާނާގެ ބައެއް ޖަނަރޭޓަރުތައް ނިއްވާލަން ޖެހުނު ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ފިޔަވަޅު އަޅަންޖެހުނީ ކާރުޚާނާގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ގައުމުގެ ކަރަންޓުގެ ވިއުގައަށް ދިމާވެދާނެ ލޮޅުމަކުން ސަލާމަތްވުމަށްޓަކައި، މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، މި ހާދިސާ ހިނގުމާއެކު ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ޕްލޭންތައް ވަގުތުން ތަންފީޒުކުރަން ފަށާފައިވާ ކަމަށް ކުވައިތުން ބުނެއެވެ. މީގެ ސަބަބުން ކަރަންޓާއި ފެނުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަގުފަހިވެ، ޚިދުމަތަށް އަތުވެދާނެ ބުރޫތައް ކުޑަކުރެވިފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.

މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ފަންނީ މުވައްޒަފުން ދަނީ 24 ގަޑިއިރު މުޅި ނިޒާމު މޮނިޓަރ ކުރަމުންނެވެ. އަދި އާންމު ހާލަތަށް ކަންކަން ރުޖޫއަކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450