ދުނިޔެ

ހޫޘީންގެ ހަމަލާތަކާއެކު ޚަލީޖުގެ ހިއްސާގެ ބާޒާރުތައް ދަށަށް

ހޫޘީންގެ ހަމަލާތަކާއެކު ޚަލީޖުގެ ހިއްސާގެ ބާޒާރުތައް ދަށަށް

ޚަލީޖުގެ ހިއްސާގެ ބާޒާރުތައް ދަށަށް ދިއުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޮކްޓޯބަރު 2026، 02:28

20 އޮކްޓޯބަރު 2026، 02:28

ޔަމަނުގެ ހޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާގެ ހަކަތަ އުފައްދާ ތަންތަނަށާއި އެއާޕޯޓުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ބުނުމާ ގުޅިގެން، ޚަލީޖުގެ ގިނަ ޤައުމުތަކުގެ ހިއްސާގެ ބާޒާރުތައް އަންގާރަ ދުވަހުގެ ހެނދުނު ދަށަށް ގޮސްފިއެވެ.

ހޫޘީން ބުނެފައިވާ ގޮތުގައި އެ ޖަމާޢަތުން ވަނީ ޔަންބުއުގައި ހުންނަ އަރާމްކޯގެ މަރުކަޒަކަށާއި، ޝައިބާ ތެޔޮ ވަޅަށާއި، ރިޔާޟް އަދި އަބްހާގެ އެއާޕޯޓުތަކަށް ހަމަލާދީފައެވެ. ނަމަވެސް، މި ހަމަލާތަކާ ގުޅޭގޮތުން ސަޢޫދީ ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ވައިގެ ދަތުރުފަތުރާ ބެހޭ ދިރާސާތައް ކުރާ ސީރިއަމް ކުންފުނިން ބުނި ގޮތުގައި، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ސަޢޫދީގެ އެއާޕޯޓުތަކުން ފުރަން ހަމަޖެހިފައިވާ ދަތުރުތަކުގެ %45 ވަނީ ކެންސަލްކުރަން ޖެހިފައެވެ.

މި ހަމަލާތަކުގެ އަސަރު ވިޔަފާރީގެ ބާޒާރަށް ކޮށްފައިވާއިރު، ސަޢޫދީގެ މައި ހިއްސާގެ އިންޑެކްސް ވަނީ %1.1 ދަށަށް ގޮސްފައެވެ. މީގެ ތެރޭގައި އަލް ރާޖިހީ ބޭންކުގެ ހިއްސާ %1 ދަށަށް ދިޔައިރު، އެ ޤައުމުގެ އެންމެ ބޮޑު ބޭންކު ކަމަށްވާ ސަޢޫދީ ނޭޝަނަލް ބޭންކުގެ ހިއްސާ ވަނީ %1.5 ދަށަށް ގޮސްފައެވެ. އަދި ދުނިޔޭގެ މަޝްހޫރު ތެޔޮ ކުންފުނި ސަޢޫދީ އަރާމްކޯގެ ހިއްސާ ވަނީ %0.2 ވެއްޓިފައެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތައް ބޮޑުވަމުންދާތީ، ސަޢޫދީގައި ބާއްވަން އުޅުނު މުހިންމު އިންވެސްޓްމަންޓް ކޮންފަރެންސް ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

ޤަޠަރުގެ ހިއްސާގެ ބާޒާރު ވެސް ވަނީ ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށަށް ނުދާ މިންވަރަށް %0.7 ވެއްޓި، 8,577 ޕޮއިންޓަށް ދަށްވެފައެވެ. އެ ޤައުމުގެ ޤަޠަރު ނޭޝަނަލް ބޭންކުގެ ހިއްސާ ވަނީ %1.1 ދަށަށް ގޮސްފައެވެ. މީގެ އިތުރުން ދުބާއީގެ މައި އިންޑެކްސް %0.3 ދަށަށް ދިޔައިރު، ދުބާއީ އިލެކްޓްރިސިޓީ އެންޑް ވޯޓާ އޮތޯރިޓީގެ ހިއްސާ ވަނީ %0.8 ދަށަށް ގޮސްފައެވެ. އެހެން ނަމަވެސް، އަބޫދާބީގެ މާކެޓް ވަނީ %0.8 ގެ ކުރިއެރުމެއް ހޯދައިފައެވެ.

ހިއްސާގެ ބާޒާރުތައް ދަށަށް ދިޔަ ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވަނީ އުފުލިފައެވެ. ބްރެންޓް ކްރޫޑްގެ ފީފާއެއްގެ އަގު 52 ސެންޓު ނުވަތަ %0.47 އިތުރުވެ، ފީފާއެއްގެ އަގު ވަނީ 110.07 ޑޮލަރަށް އަރައިފައެވެ.

މީގެ އިތުރުން، ޔަމަނުގެ ޝަބްވާ ޕްރޮވިންސްގައި ހުންނަ ސަރުކާރުގެ ސަލާމަތީ ބާރުތަކުގެ ތަމްރީނު މަރުކަޒަކަށް ހޫޘީން ހޯމަ ދުވަހު ދިން ވަކި ހަމަލާއެއްގައި 58 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450