ދުނިޔެ

ހިންދު ރަޖަބް ޝަހީދުކޮށްލި މައްސަލައިގައި އިސްރާއީލު ސިފައިންގެ ކޮމާންޑަރު ހައްޔަރުކުރުމަށް ގޮވާލައިފި

ހިންދު ރަޖަބް ޝަހީދުކޮށްލި މައްސަލައިގައި އިސްރާއީލު ސިފައިންގެ ކޮމާންޑަރު ހައްޔަރުކުރުމަށް ގޮވާލައިފި

ހިންދު ރަޖަބް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޮކްޓޯބަރު 2026، 11:35

20 އޮކްޓޯބަރު 2026، 11:35

ޣައްޒާގައި އުމުރުން އެންމެ 5 އަހަރުގެ ފަލަސްތީނު އަންހެން ކުއްޖެއް ކަމަށްވާ ހިންދު ރަޖަބް ޝަހީދުކޮށްލުމުގައި ބައިވެރިވި އިސްރާއީލު ސިފައިންގެ ޔުނިޓެއްގެ ކޮމާންޑަރު ހައްޔަރުކުރުމަށް އެމެރިކާގެ ކޮންގްރެސް މެންބަރު ރަޝީދާ ތަލީބް އެމެރިކާ ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރަޝީދާ ތަލީބް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިންދު ރަޖަބް މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އިސްރާއީލު ސިފައިންގެ މީހެއް ކަމަށްވާ ޝޯން ގްލާސް މިހާރު އެމެރިކާގައި ހުރި ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ. އަދި އޭނާ ހިންގި ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލުއާންމުގެ އަމަލުތައް ތަހުގީގުކޮށް، އޭނާ ހައްޔަރުކުރުމަކީ ޖެނޮސައިޑް ކޮންވެންޝަނާއި ޖެނީވާ ކޮންވެންޝަންގެ ދަށުން އެމެރިކާ ސަރުކާރުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާ އިސްރާއީލު ސިފައިންގެ މައުލޫމާތު އެއްކުރާ "ހިންދު ރަޖަބް ފައުންޑޭޝަން" (އެޗްއާރްއެފް) އިން ވަނީ ޝޯން ގްލާސް ހައްޔަރުކުރުމަށް އެދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެ ޖަމާއަތުން ބުނި ގޮތުގައި، ޝޯން ގްލާސް އަކީ ހިންދު ރަޖަބާއި އޭނާގެ އާއިލާގެ އިތުރުން އެމީހުން ސަލާމަތްކުރަން ދިޔަ ޕެރާމެޑިކް ޓީމު މަރާލި ކަމަށް ތުހުމަތުކުރެވޭ ‘ވެމްޕަޔަރ އެމްޕަޔަރ’ ކުންފުނީގެ ކޮމާންޑަރެވެ. އަދި ހާދިސާ ހިނގި ވަގުތު އޭނާއާއި އޭނާގެ ފައުޖު އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމުގެ ހެކި ލިބިފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.

29 ޖެނުއަރީ 2024 ގައި ހިންދު ރަޖަބް ޝަހީދުކޮށްލި ހާދިސާއަކީ މުޅި ދުނިޔޭގެ ސަމާލުކަމާއި ކަންބޮޑުވުން ލިބުނު އަނިޔާވެރި އަމަލެކެވެ. ހިންދާއި އޭނާގެ އާއިލާ ކާރުގައި ޣައްޒާ ސިޓީ ދޫކޮށް ދާން އުޅެނިކޮށް އިސްރާއީލު ސިފައިން ދިން ހަމަލާގައި އާއިލާގެ އެންމެން މަރުވިއިރު، އެ ކާރުގެ ތެރޭގައި އެކަނިވެރިވެ ބިރުން ހުރެ ހިންދު ވަނީ އެމަޖެންސީ ސާވިސްއަށް ގުޅައި އެހީއަށް އެދި ރޮއި އާދޭސްކޮށްފައެވެ. ނަމަވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިޔަ ރެސްކިއު ޓީމާއެކު ހިންދުވެސް ވަނީ އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި ޝަހީދުވެފައެވެ. ފަހުން އެ ކާރު ފެނުނުއިރު 335 ވަޒަން އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450