ދުނިޔެ

ބައިތުލްހަމްގެ ހުޅަނގުގައި ފަތިސް ނަމާދު ކުރުމަށް އިސްރާއީލު ސިފައިން ހުރަސްއަޅައި، ވިހަ ގޭސް ބޭނުންކޮށްފި

ބައިތުލްހަމްގެ ހުޅަނގުގައި ފަތިސް ނަމާދު ކުރުމަށް އިސްރާއީލު ސިފައިން ހުރަސްއަޅައި، ވިހަ ގޭސް ބޭނުންކޮށްފި

ބައިތުލްހަމްގެ ހުޅަނގުގައި ފަތިސް ނަމާދު ކުރުމަށް އިސްރާއީލު ސިފައިން ހުރަސްއެޅުން - ފޮޓޯ: ވަފާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

18 ޖުލައި 2026، 12:37

18 ޖުލައި 2026، 12:37

ފަލަސްތީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައިތުލްހަމްގެ ހުޅަނގުގައި އޮންނަ ހުސާން އަވަށުގައި ފަތިސް ނަމާދުގެ ބަންގި ގޮވުމަށް އިސްރާއީލު ސިފައިން ހުރަސްއަޅައިފިއެވެ.

ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ "ވަފާ" އިން ސަލާމަތީ މަސްދަރަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ޔަހޫދީ ނިރުބަވެރިން ވަނީ އެ އަވަށުގެ މިސްކިތަކަށް ވަދެގަނެ، ބަންގި ގޮވުމާއި ނަމާދުކުރުން ހުއްޓުވާފައެވެ. އަދި މިސްކިތުގައި ތިބި މީހުން އެތަނުން ބޭރުކޮށް، އެމީހުންނާ ދެކޮޅަށް އަޑުގަދަ  ގޮވާފަދަ ތަކެއްޗާއި،  ވިހަ ކަރުނަގޭސް ވަނީ ބޭނުންކޮށްފައެވެ.

މީގެ އިތުރުން، ބައިތުލްހަމްގެ ހުޅަނގު ދެކުނުގައިވާ އަލް-ޢަރްޤޫބުގެ އަވަށްތަކަށް ވަދެ ނިކުމެވޭ ހުރިހާ ދޮރުތަކާއި ގޭޓުތަކެއް އިސްރާއީލު ނިރުބަވެރިން ވަނީ ބަންދުކޮށްފައެވެ.

ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ނަހާލިން އަވަށުގެ ރައްޔިތަކު އެ ސަރަހައްދުގެ މައި ގޭޓު ހުރަސްކުރަން އުޅުމުގެ ތެރޭގައި އިސްރާއީލު ނިރުބަވެރިން ވަނީ ލާއިންސާނި އަމަލުތައް ހިންގާ ވަރަށްބޮޑަށް އަނިޔާކޮށްފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450