ދުނިޔެ

އީރާނުގެ ދެކުނުގެ ހަތަރު ޕްރޮވިންސެއްގެ އިމްތިހާނުތައް މެދުކަނޑާލައިފި

އީރާނުގެ ދެކުނުގެ ހަތަރު ޕްރޮވިންސެއްގެ އިމްތިހާނުތައް މެދުކަނޑާލައިފި

އިރާނުގެ ދަރިވަރުންނުޒާހރާ ކުރަނީ - ފޮޓޯ: ދަ ޖެރޫސަލަމް ޕޯސްޓް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

18 ޖުލައި 2026، 01:25

18 ޖުލައި 2026، 01:25

އީރާނުގެ ދެކުނު ސަރަހައްދުގައި މަސްރަހު ނުތަނަވަސްވެފައިވާތީ، އެ ސަރަހައްދުގެ ހަތަރު ޕްރޮވިންސެއްގައި ކުރިއަށްދާ ސާނަވީ ތައުލީމުގެ ފަހު އިމްތިހާނުތައް މެދުކަނޑާލުމަށް އީރާނުގެ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުމުގެ ދަށުން މި ހިނގާ އާދީއްތަ އަދި ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 11 އަދި 12 ވަނަ ގްރޭޑްގެ ދަރިވަރުންގެ ފައިނަލް އިމްތިހާނުތައް ވަނީ ކެންސަލްކޮށްފައެވެ.

މިގޮތަށް އަމަލުކުރަން ނިންމާފައިވަނީ ހޯރްމުޒްގާން، ބުޝެހްރް، ހޫޒެސްތާން، އަދި ސިސްތާން އެންޑް ބަލޫޗިސްތާން ޕްރޮވިންސްގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި މި ސަރަހައްދުތަކުގައި އިމްތިހާނު ފަސްކުރަން ޖެހުނީ "ގައުމުގެ ދެކުނު ސަރަހައްދުގައި މިވަގުތު ހުރި ހަމަޖެހުމެއް ނެތް ނުތަނަވަސް ހާލަތުގެ ސަބަބުން" ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

މިނިސްޓްރީން އިތުރަށް މައުލޫމާތު ދިން ގޮތުގައި، ކެންސަލް ކުރެވުނު އިމްތިހާނުތައް ދެން ބާއްވާނެ ތާރީޚެއް ފަހުން އިއުލާނު ކުރާނެއެވެ. ނަމަވެސް، އީރާނުގެ އެހެން ޕްރޮވިންސްތަކުގައި އިމްތިހާނުތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށާއި، ދެކުނުގެ ހަތަރު ޕްރޮވިންސްގައި ވެސް އަންގާރަ ދުވަހުން ފެށިގެން ކުރިއަށް ހުރި އިމްތިހާނުތައް ކުރިންވެސް އޮތް ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އީރާނުގެ ދެކުނު ސަރަހައްދުގެ މަސްރަހު މިހާ ބޮޑަށް ނުތަނަވަސްވެފައި މިވަނީ، ސަރަހައްދީ ގޮތުން ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތަކާ ގުޅިގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450