Ads by Exprox

ޚަބަރު

ޖާގައިގެ ދަތިކަމާ ހުރެ ކްރިމިނަލް ކޯޓު މުޅި މަހަށް ރިސެސްއަކަށް ނުދާން ނިންމައިފި

ޖާގައިގެ ދަތިކަމާ ހުރެ ކްރިމިނަލް ކޯޓު މުޅި މަހަށް ރިސެސްއަކަށް ނުދާން ނިންމައިފި

ކްރިމިނަލް ކޯޓް ފޮޓޯ:އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޑިސެމްބަރު 2024، 12:19

02 ޑިސެމްބަރު 2024، 12:19

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަޑުއެހުންތައް ބޭއްވުމުގައި ދިމާވެފައިވާ ދަތިތަކާ ހުރެ މި މަހު އެއްކޮށް ރިސެސްއަށް ނުދިއުމަށް ނިންމާފައިވާ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ކްރިމިނަލް ކޯޓުގެ ޤަވާއިދާ އެއްގޮތަށް ކޯޓުގެ ގާޟީންގެ މަޖިލީހުންނެވެ.

ކޯޓުގެ އިމާރާތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އަދިވެސް ޙައްލުވެފައިނުވާ ކަމަށާއި، މިވަގުތުވެސް ކޯޓުން މަސައްކަތް ކުރަނީ ޝަރީޢަތްކުރާ މާލަންތައް އެކި ގާޟީންނަށް އެކި ދުވަސްތަކަށް ބަހާލައިގެން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މީގެ ސަބަބުން ކޯޓުން އެންމެ ބޭނުންވާ މިންވަރަށް އަޑުއެހުންތައް ތާވަލުކުރުމުގައި ގޮންޖެހުންތައް ހުރި ކަމަށްވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި މަހުގެ 15 އިން ފެށިގެން ރިސެސްއަށް ދިއުމަށެވެ. އަދި ރިސެސްގެ މުއްދަތުގައިވެސް ބައެއް މުހިންމު މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ކޯޓުން ބުނެފައިވެއެވެ. މީގެ ތެރޭގައި ކޯޓުގެ އިމާރާތް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުންތަކާއި، ތަފާތު ކޯޓު އަމުރުތައް ދޫކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއަހަރު ކްރިމިނަލް ކޯޓުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައްވެސް ކޯޓުން ވަނީ ހާމަކޮށްފައެވެ. މިގޮތުން 7,958 ޤަޟިއްޔާގެ އަޑުއެހުން ތާވަލުކޮށް، 515 ޤަޟިއްޔާ ނިންމާފައިވާ ކަމަށް ކޯޓުން ބުނެފައިވެއެވެ. އަދި 2,615 މީހުންގެ ބަންދާމެދު ގޮތެއް ނިންމައި، 2,043 ތަފާތު އެކި ކޯޓު އަމުރު ދޫކޮށްފައިވާ ކަމަށްވެސް ކޯޓުން ހާމަކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުން އިތުރަށް ފާހަގަކޮށްފައިވަނީ ހުޅުމާލޭގައި ކުރިން ކޯވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރި ޢިމާރާތަށް އެ ކޯޓުގެ މަސައްކަތްތައް ބަދަލުކުރެވިއްޖެނަމަ ޖާގައިގެ ދަތިކަމަށް ހައްލު ލިބި، މައްސަލަތައް އަވަސްވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS