Ads by Exprox

ޚަބަރު

ޤާނޫނީ ވަކީލުކަމުގެ ހުވާ އަލަށް އަށް ވަކީލަކު ކުރައްވައިފި!

ޤާނޫނީ ވަކީލުކަމުގެ ހުވާ އަލަށް އަށް ވަކީލަކު ކުރައްވައިފި!

އިއްޔެ ހުވާ ކުރެއްވެވި އައު ޤާނޫނީ ވަކީލުން. ފޮޓޯ: ސަން މީޑީއާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ސެޕްޓެމްބަރު 2024، 02:46

04 ސެޕްޓެމްބަރު 2024، 02:46

ހުލާސާ


އަށް ޤާނޫނީ ވަކީލަކު ވަކީލުކަމުގެ ހުވާ އަލަށް ކުރައްވައިފިއެވެ. 

އިއްޔެ ބާ ކައުންސިލުން ބޭއްވި ރަސްމިއްޔާތުގައި ވަކީލުންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދެވެ. އަދި ވަކީލުކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖެވެ.

ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިއަހަރުގެ މިހާތަނަށް 407 ބޭފުޅަކު ޤާނޫނީ ދާއިރާއާ ގުޅި، ވަކީލުކަމުގެ ހުވާ ކުރައްވާފައިވާކަމަށެވެ.

ސިރާޖު ވިދާޅުވީ ޤާނޫނީ ދާއިރާއަށް ގިނަ ބަޔަކު ގުޅެމުންދިޔުމަކީ ޤާނޫނީ ދާއިރާއަށް އަންނަ ހެޔޮ ބަދަލުތަކުގެ ހެއްކެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޒުވާނުން ޤާނޫނީ ދާއިރާއަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވީ ޤާނޫނީ ވަކީލުކަމަކީ ވަރަށް މުހިންމު އަދި ޒިންމާދާރު މަޤާމެއްކަމަށެވެ. އަދި ޤާނޫނީ ވަކީލުކަން ކުރުމުގެ ޒިންމާއަކީ ކުޑަ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އެ ޒިންމާ އަދާކުރުމުގައި ފަރުވާކުޑަ ކުރެވިއްޖެނަމަ، އެކަމުގެ ސަބަބުން ވަރަށް ގިނަ ބަޔެއްގެ ޙައްޤުތައް ގެއްލި، އިޢާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވެދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

ފަނޑިޔާރު މަޒީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފަނޑިޔާރުންނަށް އަދުލު އިންސާފުން މައްސަލަތައް ނިންމުމުގައި ވަކީލުންގެ ދައުރު ވަރަށް މުހިންމެވެ.

ބާ ކައުންސިލްގެ ރައީސް ސިރާޖް އިތުރަށް ވިދާޅުވީ، ޤާނޫނީ ދާއިރާއަކީ އަބަދުވެސް ބަދަލުތައް އަންނަ ދާއިރާއެއް ކަމަށާއި، ބަދަލުވަމުންދާ އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ ޙާލަތްތަކާ ގުޅިގެން އައު ޤާނޫނުތައް ތަޢާރަފުކުރަމުން އަންނަ ކަމަށެވެ.

މި ބަދަލުތަކާ ގުޅިގެން، ސިރާޖް ވަކީލުންނަށް އިރުޝާދު ދެއްވީ އަބަދުވެސް އައު ކަންކަން ދަސްކުރަމުން ދިއުމުގެ މުހިންމުކަމަށެވެ.

ބާ ކައުންސިލުން ވަކީލުންނަށް ހުވާލައިދެއްވުމަށް މި އަހަރު ބޭއްވި ތިން ވަނަ ހަފްލާއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco