ދުނިޔެ

ސައުދީގެ 2 ތެޔޮ ޓޭންކަރަކަށް ހޫޘީން ހަމަލާދީފި

ސައުދީގެ 2 ތެޔޮ ޓޭންކަރަކަށް ހޫޘީން ހަމަލާދީފި

ތެޔޮ ޓޭންކަރުތަކެއް---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ޖުލައި 2026، 04:19

23 ޖުލައި 2026، 04:19

ރެޑް ސީއިން ދަތުރުކުރަމުން ދިޔަ ސައުދީ އަރަބިއްޔާގެ 2 ތެޔޮ ޓޭންކަރަކަށް، ޔަމަނުގެ ހޫޘީން ހަމަލާދީފައިވާ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

ސައުދީގެ 2 ތެޔޮ ޓޭންކަރު ކަމަށްވާ "އެންސެލިއާ" އަދި "ލައިލާ"އަށް އަމާޒުކޮށް ހަމަލާދީފައިވާކަމަށް ހޫޘީންގެ އަސްކަރިއްޔާގެ ފަރާތުން ކަނޑައަޅާފައި ހުންނަ ސްޕޯކްސްޕާސަން ޔަހްޔާ ސަރީ، 22 ޖުލައި 2026 ގައި ވަނީ ބުނެފައެވެ. އަދި އެއީ ސައުދީއާއި ދެކޮޅަށް އެ ޖަމާއަތުން މި ޖުލައި މަހުގެ 20 ވަނަ ދުވަހު އެޅި "މެރިޓައިމް ބްލޮކޭޑް" އާއި ޚިލާފަށް އެ އުޅަނދުފަހަރު އެތަނުން ދަތުރުކުރުމުން ކަމަށް އޭނާ ބުންޏެވެ.

މި ހަމަލާތައް ދީފައި ވަނީ ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި،  ކްރޫޒް މިސައިލް އަދި ޑްރޯން މެދުވެރިކޮށް ކަމަށާއި، ހަމަލާތަކުގެ ސަބަބުން ޓެންކަރުތަކުގައި އަލިފާން ރޯވެފައިވާ ކަމަށް ސާރީ ބުންޏެވެ. އަދި މި އޮޕަރޭޝަނާއި ގުޅިގެން ގާތްގަނޑަކަށް 10 އުޅަނދެއް  އަނބުރާ ދިއުމަށް މަޖުބޫރުކުރުވާފައިވާ ކަމަށް އޭނާ ބުންޏެވެ.

މިކަމާއި އެ ގައުމުގެ ޓްރާންސްޕޯޓް ޖެނެރަލް އޮތޯރިޓީއާއި ހަވާލާދީ ސައުދީގެ ނޫހެއްގައި ވަނީ، "އެންސެލިއާ" ގެ އެއްވެސް ފަޅުވެރިޔަކަށް އަނިޔާނުވާކަމަށް ބުނެފައެވެ. ނަމަވެސް "ލައިލާ" އަށް އެއްވެސް ކަހަލަ ހަމަލާއެއް ލިބިފައިވާކަމާ ގުޅޭ މައުލޫމާތެއް ހިއްސާކޮށްފައެއްނުވެއެވެ.

ސައުދީ އަރަބިއްޔާގެ ޕްރެސް އެޖެންސީން ވަނީ މި ހަމަލާތައް ކުށްވެރިކޮށް، މިއީ އެފަދަ އުޅަނދުތަކަށް ބައިނަލްއަޤަވާމީ ޤާނޫނުތަތަކުގެ ދަށުން ލިބިފައިވާ ހިމާޔަތްތެރިކަން ގެއްލުވާލާކަމެއް ކަމަށް ބުނެފައެވެ.

 ހޫޘީ ހަނގުރާމަވެރިން  ވަނީ  ޔަމަނުގެ ރައްޔިތުން ހާލުގައި ޖެއްސުމަށް ސައުދީން މަސައްކަތްކުރާ ކަމަށާއި، ޔަމަނުގެ ކަނޑުމަތީގެ ދަތުރުފަތުރު ކުރުމަށް ވެސް ސައުދީން ހުރަސްއަޅަމުންދާ ކަމަށް މީގެ ކުރިން ބުނެފައެވެ. ސައުދީން ޔަމަނުގެ ކުރިއެރުވުމަށް ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ، މިކަން ސައުދީ ސަރުކާރުން ހަރުކަށި އިބާރާތުން ދޮގުކުރައްވާފައިވެއެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ހޮރްޒޫމް ކަނޑުއޮޅި ބަންދުކުރެވިގެންދިއުމާއެކު، ސައުދީން ވަނީ ތެޔޮ އެކްސްޕޯޓް ކުރެވޭނެ އިތުރުގޮތްތައް ހޯދަން ފަށާފައެވެ. އެގޮތުން، އެ ގައުމުން ރެޑް ސީ އަދި ބާބް އަލް މަންޑެބް ކަނޑުއޮޅި ބޭނުންކުރަން ފެށިއެވެ. ނަމަވެސް ހޫޘީ ހަނގުރާމަވެރިންގެ ސަބަބުން އެ ކަނޑު އޮޅިތަކުން ދަތުރުކުރުން ވެސް ވަނީ ނުރައްކަލަކަށްވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450