ވިޔަފާރި / ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 58 އިންސައްތައަކީ ޕްރޮފެޝަނަލުންނާއި ވިޔަފާރިވެރިން

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 58 އިންސައްތައަކީ ޕްރޮފެޝަނަލުންނާއި ވިޔަފާރިވެރިން

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ފޮޓޯ: ވިޒިޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖުލައި 2026، 10:28

24 ޖުލައި 2026، 10:28

މިދިޔަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ބޮޑު އިންސައްތައަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުންނާއި އަމިއްލަ ވިޔަފާރިވެރިންކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން ނެރުނު "މޯލްޑިވްސް ވިޒިޓަރ ސާވޭ" ގެ ނަތީޖާ ދައްކާގޮތުން، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 32 އިންސައްތައަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުންނެވެ. އަދި 26 އިންސައްތައަކީ ވިޔަފާރިވެރިންނާއި މެނޭޖަރުންނެވެ. މިއާއެކު، ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 58 އިންސައްތަ ހިއްސާކުރަނީ މި ދެ ގިންތީގެ މީހުންނެވެ.

މީގެ އިތުރުން، މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 8 އިންސައްތަ ފަތުރުވެރިންނަކީ ފަންނީ މަސައްކަތްތެރިންނާއި ޓެކްނީޝަނުންނެވެ. އަދި ސަރވިސް އާއި ސޭލްސް ދާއިރާގެ މުވައްޒަފުންނާއި، އިދާރީ މުވައްޒަފުންގެ އިތުރުން ރިޓަޔަރ ކޮށްފައިވާ މީހުންގެ ތެރެއިން ކޮންމެ ބަޔަކު 6 އިންސައްތަ ހިއްސާކުރެއެވެ.

މި ސާވޭއިން ފާހަގަކުރެވުނު އަނެއް މުހިންމު ކަމަކީ، ވިޔަފާރީގެ އެކި ބޭނުންތަކަށް ރާއްޖެއަށް އެންމެ ގިނައިން މީހުން ޒިޔާރަތްކޮށްފައިވަނީ އަވަށްޓެރި އިންޑިއާއިން ކަމެވެ. އެއީ އެ ޤައުމުން އައި ފަތުރުވެރިންގެ 55 އިންސައްތައެވެ. މި ލިސްޓުގެ ދެވަނައިގައި 49 އިންސައްތައާއެކު އެމެރިކާ އޮތްއިރު، 41 އިންސައްތައާއެކު ތިންވަނައިގައި އޮތީ ޖަރުމަނުވިލާތާއި ސްޕެއިންއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ 10 މީހަކުން 6 މީހުންނަކީ ޕްރޮފެޝަނަލުން ނުވަތަ ވިޔަފާރިވެރިންނަށް ވުމަކީ، މަތީ އާމްދަނީ ލިބޭ ފަރާތްތަކުގެ މެދުގައި ރާއްޖެއަށް އޮތް މަޤުބޫލުކަން ދެމެހެއްޓިފައިވާކަމުގެ ހެއްކެކެވެ.

އެ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އޭގެ ތެރޭގައި ވިޔަފާރީގެ ބޭނުންތަކަށް ޒިޔާރަތްކުރި 9,638 ފަތުރުވެރިންވެސް ހިމެނެއެވެ. މި ސަރުކާރުން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، މަތީ ފަންތީގެ ފަތުރުވެރިން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450