ދުނިޔެ

ގިނަ ގައުމުތަކަކުން ނަގާ ޓެރިފް، ޓްރަމްޕް ބޮޑުކޮށްފި

ގިނަ ގައުމުތަކަކުން ނަގާ ޓެރިފް، ޓްރަމްޕް ބޮޑުކޮށްފި

އެމެރިކާގެ ރައީސް. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 ޖުލައި 2026، 05:11

24 ޖުލައި 2026، 05:11

އެމެރިކާއަށް މުދާ އިމްޕޯޓުކުރާ ގިނަ ގައުމުތަކަކުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ، އެ ގައުމުގެ ރައީސް ޑޮނާލްޑް ޓަރަމްޕް ބޮޑުކޮށްފިއެވެ.

އެމެރިކާއަށް އެތެރެކުރާ މުދަލުގެ 99 އިންސައްތަ ހިއްސާވާ 60 ގައުމަކުން ކުރާ އިމްޕޯޓްތަކުން، 10 އިންސައްތައާއި 12.5 އިންސައްތައާ ދެމެދުގެ އަދަދަކަށް ޓެރިފް ނަގަން ވަނީ ނިންމާފައެވެ. މިއީ، އެ ގައުމުތަކުން، މަޖުބޫރުން މަސައްކަތް ކުރުވައިގެން އުފައްދާ މުދާތައް ބައިނަލްއަޤްވާމީ ވިޔަފާރީގެ މައިދާނަށް ނެރުނަ ނުދިނުމަށް ޓަކައި ހަރުދަނާ ފިޔަވަޅުތަކެއް ނާޅާ ކަމަށް ބުނެ ނިންމި ނިންމުމެކެވެ. 

އެމެރިކާއިން، މީހުންލައްވާ މަޖުބޫރުން ކުރުވާ މަސައްކަތްތައް ބޭންކޮށްފައި އޮންނަތާ މިހާރު ގަރުނަކާއި ގާތްވެފައިވާ ކަމަށާއި، އެ ގައުމާއެކު ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކުން ވެސް އެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް، އެމެރިކާގެ ޓްރޭޑް ރިޕްރެޒެންޓޭޓިވް، ޖޭމިސަން ގްރީއާ ބުންޏެވެ.

އަދި މި ނިންމުމަކީ، އިންސާނީ ހައްގުތައް ރައްކާތެރިވުމަށް މަގުފަހިވެ، ދުނިޔޭގެ ބާޒާރުގައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ލިބުނު އެހީއަކަށްވެގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓެރިފް ބޮޑުކުރުމަށް ނިންމި ގައުމުތަކުގެ ތެރޭގައި ޗައިނާ، އިންޑިއާ އަދި އިނގިރޭސިވިލާތް ފަދަ ބޮޑެތި ގައުމުތައް ހިމެނޭއިރު، މި ގައުމުތަކުން ވަނީ އެމެރިކާއިން ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އެގޮތުން، ޗައިނާއިން ވަނީ މި ވިޔަފާރީގެ ހަނގުރާމަތަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާކަން ފާހަގަކޮށްފައެވެ.

މިއީ އެއްވެސް އިންސާފެއް ނެތި އަޅާފައިވާ ފިޔަވަޅެއް ކަމަށާއި، ޓެރިފްތައް ނައްތާލުމަށް މަސައްކަތްކުރާނެ ކަމަށް އޮސްޓްރޭލިއާ އާއި ބްރެޒިލްއި ބުނެފައިވާއިރު، ނޯރވޭ އިން ވެސް ވަނީ މިއީ އެއްވެސް ހެއްކެއް ނެތި އެޅި ފިޔަވަޅެއްކަމަށް ބުނެފައެވެ.

މީގެ ކުރިން 2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ އެ ގައުމުގެ ޓްރޭޑް ޕާޓްނަރުންގެ އަތުން ނަގާ ޓެރިފް 50 އިންސައްތަ އަށް މަތިކޮށްފައެވެ. އެ ގައުމުގެ ސުޕްރިމް ކޯޓުން ޓްރަމްޕުގެ މި ނިންމުން އަނބުރާ ގެންގޮސްފައިވަނީ، އެއީ ރައީސަށް ލިބިދީފައިވާ ބަރުގެ ބޭރުން ކޮށްފައިވާ ކަމެއް ކަމަށް ބުނެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450