Ads by Farudhun

ޚަބަރު

ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރުމަށް ލަންކާގައި ޚާއްޞަ ޙަފްލާއެއް ބާއްވައިފި

ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރުމަށް ލަންކާގައި ޚާއްޞަ ޙަފްލާއެއް ބާއްވައިފި

ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރުމަށް ލަންކާގައި ބޭއްވި ހަފްލާގެ ތެރެއިން---

farudhun logo

ފަރުދުން

25 ޖުލައި 2026، 10:38

25 ޖުލައި 2026، 10:38

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ޚާއްޞަ ޙަފްލާއެއް ސްރީލަންކާގެ ކޮލަމްބޯގައި ބާއްވައިފިއެވެ. މި ޙަފްލާއަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ސިޔާސީ އަދި އިޖުތިމާއީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ބޭއްވުނު މުހިންމު ހަރަކާތެކެވެ.

މި ކުލަގަދަ ޙަފްލާގައި ސްރީލަންކާގެ ސަރުކާރުގެ އިސްވެރިންނާއި ބޭރުގެ ޑިޕްލޮމޭޓުން ހިމެނޭހެން ޖުމްލަ 528 މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ސްރީލަންކާގެ މިނިސްޓަރުންނާއި، ޕްރޮވިންސް ގަވަރުނަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސިފައިންގެ އިސް އޮފިސަރުންނާއި، ސްރީލަންކާގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިން ހިމެނެއެވެ.

ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ސްރީލަންކާގެ މިނިސްޓަރ އޮފް ހެލްތު އެންޑް މީޑިއާ ޑރ. ނަލިންޑަރ ޖަޓިއްސާއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް މިނިވަން ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވިއެވެ. އަދި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ މިނިވަންކަމުގެ ތާރީޚީ އެއްބަސްވުމުގައި ސޮއިކުރެވުނީވެސް ސްރީލަންކާގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު ޢިމާދު ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ތާރީޚީ އަދި ސަޤާފީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަކިން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ މެއި މަހުގެ ތެރޭގައި ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ، ދެޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންގޮސްދިން މުހިންމު ތާރީޚީ ދަތުރުފުޅެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.

މި ޙަފްލާގެ ތެރެއިން ރާއްޖޭގެ މުއްސަނދި ސަޤާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބޮޑުބެރުގެ ހަރަކާތްތަކާއި، ބަތްޕޮޅި ނެށުމާއި، މާފަތި ނެށުމުގެ އިތުރުން ދަނޑިޖެހުން ފަދަ ސަޤާފީ އައިޓަމްތައް ހުށަހަޅާފައިވެއެވެ. މި ހަރަކާތްތައް ހުށަހަޅައިދިނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި، އެ ޤައުމުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ކިޔަވާ ކުދިންނެވެ. މި ހަރަކާތްތަކަށް ޙަފްލާގެ ބައިވެރިންގެ ބޮޑު ތަރުޙީބެއް ލިބިގެންދިޔައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450