Ads by Farudhun

ޚަބަރު

މިއީ ފާއިތުވި 10 އަހަރުތެރޭ މިނިވަންދުވަސް ފާހަގަކުރަން އެންމެ ގިނަ ޑިޕްލޮމެޓުން ބައިވެރިވި އަހަރު

މިއީ ފާއިތުވި 10 އަހަރުތެރޭ މިނިވަންދުވަސް ފާހަގަކުރަން އެންމެ ގިނަ ޑިޕްލޮމެޓުން ބައިވެރިވި އަހަރު

ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އަލްސަޢޫދު ރާއްޖެ ވަޑައިގަތުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖުލައި 2026، 03:56

26 ޖުލައި 2026، 03:56

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ ބޭރުގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގަތް އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީއަށް އަލިއަޅުވާލައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި 43 ޤައުމަކުންނާއި އދ. ގެ 5 އެޖެންސީއަކުން ޖުމްލަ 113 ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންފައިވެއެވެ. މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައިނަލްއަޤްވާމީ މައިދާނުގައި ބަލައިގަންނަ މިންވަރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި ޚާއްޞަ މެހުމާނުންނަށް ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އާއި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާންގެ ނަންފުޅު ރައީސް ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ ސިޔާސަތު ވަރަށް ސާފު. ދިވެހިންނަށް އިސްކަންދީ ރާއްޖެއަށް ރަނގަޅު ގޮތް ލިބިގެންދާނެ ގޮތަށް އެންމެނާ ގުޅިގެން މަސައްކަތް ކުރަމުންދާނީ،

      ރައީސް މުޢިއްޒު 

ޚާރިޖީ ގުޅުންތަކާ ބެހޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 'މޯލްޑިވްސް ފަސްޓް' ޕޮލިސީގެ ދަށުން އިޒްރޭލު ފިޔަވައި ދުނިޔޭގެ ހުރިހާ ޤައުމަކާވެސް ގުޅުން ބާއްވާނެ ކަމަށެވެ. އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭނެ ގޮތަށް ނިންމި ނިންމުމަކީ ފަޚުރުވެރިކަމާއެކު ނިންމި ނިންމުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ އަބަދުވެސް ސުލްހައަށް ލޯބިކުރާ، އަދި އަނިޔާވެރިކަމާއި ހަނގުރާމައާ ދެކޮޅު ޤައުމެއްކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް މަޝްވަރާގެ މަގުން ކަންކަން ހައްލުކުރުމަށް އިސްކަންދީގެން ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450