Ads by Exprox

ޚަބަރު

ކުރީގެ ރައީސް ޞާލިޙް ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި!

ކުރީގެ ރައީސް ޞާލިޙް ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި!

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ސެޕްޓެމްބަރު 2024، 02:47

04 ސެޕްޓެމްބަރު 2024، 02:47

ހުލާސާ


ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ފާހަގަކުރެވޭ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ. 

ރައީސް ޞާލިޙް އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހިންނަށް އަރިސް ކުރައްވާކަމަށެވެ.

ދީނާއި ޤައުމުގެ ދިފާޢުގައި ބޮޑުތަކުރުފާނު ވެވަޑައިގަތް މަތިވެރި ޖިހާދުގެ ޛިކުރާ އައުކޮށް އެއިން އިބުރަތް ލިބިގަތުމަކީ ޤައުމުގެ މިނިވަންކަމާއި ހަމަޖެހުމަށް ކޮންމެހެން މުހިއްމުކަމެއް - ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ. 



ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.

މިއީ ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ދުވަސް ކަމަށްވާތީ، މި ދުވަހަކީ ދިވެހި ޤައުމިއްޔަތުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco