Ads by Farudhun

ޚަބަރު

އުދަ އަރާފާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލުނެރެފި

އުދަ އަރާފާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލުނެރެފި

މޫސުން ގޯސް ދުވަހެއް. ފޮޓޯ: ދިޔަރެސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 ޖުލައި 2026، 12:15

27 ޖުލައި 2026، 12:15

މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން، މޫސުން ގޯސްވެ، އުދައަރާފާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލުނެރެފިއެވެ.

އެ އިދާރާއިން، ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 10:30 އިން 15:00 އަށެވެ. 

މިދިޔަ އާއްދިތަ ދުވަހު ވަނީ މާލޭގެ ބައެއް ސަރަހައްދުތަކަށް އުދައަރާ ބޮޑެތި ގެއްލުންތަކެއްވެފައެވެ. އެގޮތުން، މާލޭގެ މަގުތަކަށް އުދައަރައި ފެންބޮޑުވުމާ ގުޅިގެން،  މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ވަނީ ފެން ހިންދުމުގެ އޮޕަރޭޝަނެއް އެ ސަރަހައްދުތަކުގައި ކުރިއަށް ގެންގޮސްފައެވެ. 

އުދައެރުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށެވެ. އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތައް ވެއްޓި، ލޮނުގަނޑުގެ ތެރޭގައި އޮޮއިގަނޑާއެކު ދެމިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.



ކުރިއަށް އޮތް 24 ގަޑިއިރަށް މެޓް އޮފީހުން މޫސުން ލަފާކުރާގޮތަށް ބަލާއިރު، އުތުރު އަތޮޅުތަކަށް  ވައި ހުންނާނީ،  ހުޅަނގާއި ހުޅަނގު އުތުރުން ކަމަށާއި، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ކަމަށް އެ އިދާރާއިން ބުނެއެވެ. ހުރިހާ ހިސާބުތަކަށް ވެސް ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނެއްގައި ކަމަށާއި،  ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ނަމަވެސް ވިލާގަނޑުގައި  އާދައިގެ ވަރަކަށް ގަދަވާނެކަމަށް އެ މެޓް އޮފީހުން ބުނެއެވެ. އެ ވަގުތުތަކުގައި ރާޅުތަކުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ  ދެމެދުގައިކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

 ކަމާބެހޭ އިދާރާތަކުން، އުދަ އެރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކާއި،  މުދަލާއި ތަކެއްޗަށް ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450