Ads by Farudhun

ޚަބަރު

މާފުށީގައި ޕެރެސެއިލިން ކުޑައެއް ކަނޑައިގެން ގޮސް ދެ ފަތުރުވެރިއަކު މޫދަށް ވެއްޓިއްޖެ

މާފުށީގައި ޕެރެސެއިލިން ކުޑައެއް ކަނޑައިގެން ގޮސް  ދެ ފަތުރުވެރިއަކު މޫދަށް ވެއްޓިއްޖެ

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯގެ މަންޒަރެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2026، 03:53

27 ޖުލައި 2026، 03:53

ކ. މާފުށީގައި މިއަދު ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ޕެރެސެއިލިން ހަދަން އުޅުނު ޗައިނާގެ ދެ ފަތުރުވެރިއަކު މޫދަށް ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވުމުގެ ސަބަބުން ޕެރެސެއިލް ކުޑަ ތިރިކުރަން އުޅުމުގެ ތެރޭގައި، ބޯޓާއި ކުޑައާ ދެމެދު އޮންނަ ޓޯވް ލައިން ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ.

މަންޒަރު ދުށް މާފުށީ މީހަކު ފަރުދުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، ވައިގަދަވުމުގެ ސަބަބުން މަޑުމަޑުން ކުޑަ ތިރިކުރަމުން ދަނިކޮށް ކަނޑައިގެންގޮސް އަޅައިގަތީ އެ ރަށުގައި އަޅާފައި އޮންނަ ޒިޕްލައިންގައި ކަމަށެވެ. މިއީ މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީން އެ ރަށާއި ވަށްމާފުއްޓާ ދެމެދު މޫދު މަތިން އަޅާފައިވާ 428 މީޓަރުގެ ދިގު ޒިޕްލައިނެކެވެ. ކުޑަ ގޮސް އަޅައިގަތީ މި ޒިޕްލައިންގެ ކޭބަލްގައެވެ.

މި ހާދިސާ ހިނގި ވަގުތު ކުޑައިގައި ތިބީ ޗައިނާއަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެކެވެ. މި ހާދިސާގައި މޫދަށް ވެއްޓުނު ފިރިހެން މީހާއަށް ކުދި އަނިޔާތަކެއް ވެފައިވީ ނަމަވެސް، އޭނާގެ ހާލަތު ސްޓޭބަލް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ. މަންޒަރު ދުށް މީހާ ބުނި ގޮތުގައި، އިތުރު އެތެރެހަށީގެ އަނިޔާއެއް ވެފައިވޭތޯ ބެލުމަށް މާފުށީ ސިއްހީ މަރުކަޒުން އެކްސްރޭ ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ ރަށުން ވާހަކަ ދެއްކި މީހާ އިތުރަށް ބުނީ، ފަތުރުވެރިންނަށް މާ ބޮޑު އަނިޔާއެއް ނުވި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްހީ ފަރުވާ ދެމުންދާ ކަމަށެވެ.

ޖުލައި މަހަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރާ ދުވަސްވަރަކަށް ވެފައި، މާލެ އަތޮޅުގެ ވައިގެ ބާރުމިން އާންމު ގޮތެއްގައި ގަޑިއަކު 19 ކިލޯމީޓަރާއި 27 ކިލޯމީޓަރާ ދެމެދު ހުރި ނަމަވެސް، ވިލާގަނޑުގައި މިއަށްވުރެ ވައި ގަދަވެއެވެ. މި ދުވަސްވަރު ކަނޑުމަތީގެ ކުޅިވަރުތައް ކުޅުމުގައި މޫސުމަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450