Ads by Farudhun

ޚަބަރު

ލ. ގަމު ވަލުތެރޭގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

ލ. ގަމު ވަލުތެރޭގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

ލ. ގަމު ވަލުތެރޭގައި ރޯވި އަލިފާން ފޮޓޯ: އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2026، 08:49

27 ޖުލައި 2026، 08:49

ލ. ގަން، މަތިމަރަދޫ ބައިކުރިމަގު ކައިރީގައި އޮންނަ ވަލުތެރޭގައި މިއަދު ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ. ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ލިބިފައިވަނީ މިއަދު މެންދުރު 12:29 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

ފަޔަރ ފައިޓަރުން ކުރި  މަސައްކަތުން، ވަލުތެރޭގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު މެންދުރު 13:00 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450