ދުނިޔެ

ޓްރަމްޕްގެ ދެ ވަނަ ދައުރުގައި، ނަތަންޔާހޫ ހަތް ވަނަ ފަހަރަށް އެމެރިކާއަށް

ޓްރަމްޕްގެ ދެ ވަނަ ދައުރުގައި، ނަތަންޔާހޫ ހަތް ވަނަ ފަހަރަށް އެމެރިކާއަށް

ޓްރަމްޕްއާއި ނަތަންޔާހޫ. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 ޖުލައި 2026، 12:47

28 ޖުލައި 2026، 12:47

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުވަތަކަށް، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ޤައުމަށް ވަޑައިގަންނަވައިފިއެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު އަލުން ވެރިކަމާއި ހަވާލުވިފަހުން، ނަތަންޔާހޫ އެ ގައުމަށް ކުރައްވާ 7 ވަނަ ޒިޔާރާތްކަމަށްވާއިރު، މި ދަތުރަކީ  އެމެރިކާ އާއި އިސްރާއީލާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް،  ޓްރަމްޕްއާ މަޝްވަރާ ކުރުމުގެ ގޮތުން ނަތަންޔާހޫ ކުރައްވާ ދަތުރުފުޅެކެވެ.

މީގެ ފަސް މަސް ކުރިން ނަތަންޔާހޫ އާއި ޓްރަމްޕް ބައްދަލުކުރައްވާފައި ވަނީ، އިރާނާއި ދެކޮޅަށް، "ޖޮއިންޓް މިލިޓަރީ" އޮޕަރޭޝަނެއްގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ދެ ގައުމުން ހަމަލާތައްދޭން ފެށުމަށްފަހު، އީރާނުގެ ބާރުކަނޑުވާލެވިފައި ނުވުމާއި ގުޅިގެން ދެ ގައުމުގެ ގުޅުމަށް ވަނީ ހީނަރުކަމެއް އައިސްފައިކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ. 

ދެ ބޭފުޅުންގެ މި ބައްދަލުވުމުގައި، އީރާނުގެ އަސްކަރިއްޔާއާ ގުޅޭ މުޅިން އައު އިންޓެލިޖެންސް މައުލޫމާތު ނަތަންޔާހޫ ޓްރަމްޕާއި ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުމުގައި އެންމެ އިސްކަމެއްދެވޭނީ، އީރާނާއި ގުޅޭ ކަންކަމާ ބެހޭ މަޝްވަރާތައް ކުރުމަށް ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ޓްރަމްޕާއިއެކު ބައްދަލުކުރެއްވުމަށްފަހު، ނަތަންޔާހޫ ވަޑައިގަންނަވާނީ އިސްރާއީލްއަށް ތާއީދު ކުރައްވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ލިންޑްސީ ގްރެހަމްގެ ހަނދާނުގައި ބާއްވާ ހަފްލާއަކަށެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450