Ads by Exprox

ޚަބަރު

ސްޓެލްކޯ އިން ޑީޕް ޓްރެކަރއަކާއި ޑްރޯނެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި

ސްޓެލްކޯ އިން ޑީޕް ޓްރެކަރއަކާއި ޑްރޯނެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި

ސްޓެލްކޯއިން އެމެއެންޑީއެފަށް ބައެއް ތަކެތި ހަދިޔާކުރުން. ފޮޓޯ:އެމްއެންޑީއެފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޑިސެމްބަރު 2024، 07:38

02 ޑިސެމްބަރު 2024، 07:38

ސްޓޭޓް އިލެކްޓްރިކްސް ކޮމްޕެނީ ލިމިޓެޑުން މޯލްޑިވްސް ޑިފެންސް ފޯސް އަށް  ޑީޕް ޓްރެކަރއަކާއި ޑްރޯނެއް އެމްއެންޑީއެފަށް ހަދިޔާކޮށްފިއެވެ.

ސްޓެލްކޯއިން އެމްއެންޑީއެފަށް ހަދިޔާ ކޮށްފައިވަނީ ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔުގައި ބޭނުންކުރާ ވަސީލަތެއް ކަމުގައިވާ ޑީޕް ޓްރެކަރއަކާއި، އުސްއިމާރާތްތަކުގެ އަލިފާން ނިންވުމުގައި އެހީތެރިވެދިނުމަށް، ފެންޖެހުމަށް ބޭނުންކުރާ ޑްރޯންއެކެވެ. 

މި ޑީޕް ޓްރެކަރއާއި ޑްރޯން ސްޓެލްކޯއިން އެމްއެންޑީއެފްއަށް ހަދިޔާކުރައްވާފައިވަނީ މިއަދު މިކަމަށް ޓަކައި ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އެގޮތުން، އެ ވަސީލަތްތައް ސްޓެލްކޯގެ ފަރާތުން އެމްއެންޑީއެފްއަށް ހަވާލުކޮށްދެއްވީ ސްޓެލްކޯގެ  މެނޭޖިންގ ޑައިރެކްޓަރ، ޙުސައިން ފަޙުމީއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އެ ވަސީލަތްތަކާ ހަވާލުވެ ވަޑައިގެންނެވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި ވަސީލަތްތައް ހަދިޔާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސްޓެލްކޯގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco