Ads by Farudhun

ޚަބަރު

ޙާރިޘަކީ ގިނަ ދާއިރާތަކަކުން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ތަޢުލީމީ ބޭފުޅެއް

ޙާރިޘަކީ ގިނަ ދާއިރާތަކަކުން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ތަޢުލީމީ ބޭފުޅެއް

އެމް.ޓީ.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެއްވި ޙާރިޘް---

farudhun logo

ފަރުދުން

29 ޖުލައި 2026، 11:23

29 ޖުލައި 2026، 11:23

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އައްޔަންކުރެއްވި އަލްފާޟިލް ޙާރިޘް މުޙައްމަދަކީ ފަތުރުވެރިކަމާއި އިދާރީ ހިންގުމުގެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވައި، ގިނަ ދާއިރާތަކަކުން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މި ދާއިރާތަކުން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މުޙައްމަދު ޙާރިޘަކީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ޙާރިޘް މުޙައްމަދަކީ ތަޢުލީމީ ގޮތުން މަތީ ފަންތީގެ ސަނަދުތަކެއް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ފިލިޕީންސްގެ އޮލްޑަރސްގޭޓް ޔުނިވަރސިޓީއިން 'ޑޮކްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން' ފުރިހަމަކުރައްވާފައިވާއިރު، އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން 'މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން' ވަނީ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ސްރީލަކާގެ އެއިމްސް ކޮލެޖުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ހަޔަރ ނޭޝަނަލް ޑިޕްލޮމާ އަދި 2012 ވަނަ އަހަރު ކްލިކް ކޮލެޖުން ހިއުމަން ރިޒޯސް މެނޭޖުމެންޓުގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވާފައިވެއެވެ.

ޙާރިޘް ވަނީ ކޯޕަރޭޓް ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި ކިހާ މޯލްޑިވްސް ރިސޯޓްގެ ޑައިރެކްޓަރ އޮފް މާކެޓިންގގެ މަގާމާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގެ އެކްޓިންގ މެނޭޖިންގ ޑައިރެކްޓަރުގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން ކްލިކް ޓްރެވަލްސްގެ ޖެނެރަލް މެނޭޖަރުކަމާއި، ހިޒް ކޮމްޕެނީ އަދި ހަރި މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރުގެ ގޮތުގައި އަމިއްލަ ވިޔަފާރިތައް ހިންގުމުގައިވެސް އޭނާ ވަނީ ކާމިޔާބީތަކެއް ހޯއްދަވާފައެވެ.

ޙާރިޘް ވަނީ މެލޭޝިއާ ފަދަ ގައުމުތަކުން ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ޚާއްޞަ ތަމްރީނުތައް ފުރިހަމަކުރައްވާފައިވާ ޙާރިޘަކީ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ، ޢިލްމީ އަދި ހިންގުންތެރި ނަމޫނާ ޝަޚްޞިއްޔަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެމް.ޓީ.ޑީ.ސީގެ ހިންގުން ޙާރިޘާ ހަވާލުކުރައްވާފައިވަނީ، އޭނާގެ މި ބޮޑު ތަޖުރިބާގެ އަލީގައި އެ ކުންފުނީގެ މަޤްޞަދުތައް ހާސިލްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި ރައްޔިތުންނަށް ލިބޭ މަންފާ އިތުރުކުރުމުގެ އުންމީދުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450